ތައުލީމު

7،500 އަށްވުރެ ގިނަ ދަރިވަރުންނާއެކު އޯލެވެލް ފަށައިފި

މި އަހަރުގެ އޯލެވެލް އިމްތިހާން 7،500 އަށްވުރެ ގިނަ ދަރިވަރުންނާއެކު ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި އައިޖީސީއެސްއީ އިމްތިހާނާއި އެސްއެސްސީ އިމްތިހާނުގައި ޖުމްލަ 7،501 ދަރިވަރުން ބައިވެރިވެ އެވެ.

އެސްއެސްސީ އިމްތިހާނުގައި 7،133 ދަރިވަރުން ބައިވެރިވާއިރު ފުރަތަމަ ހަފުތާގައި ކުރިއަށްދާނީ އެސްއެސްސީގައި ހިމެނޭ ދިވެހި، އިސްލާމް އަދި އަރަބި މާއްދާތަކުގެ އިމްތިހާނެވެ.

އައިޖީސީއެސްސީ އިމްތިހާނު ކުރިއަށްދާނީ މެއި ދެވަނަ ދުވަހުން ފެށިގެން ޖޫން 13 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރާއްޖޭގެ 256 ސެންޓަރެއްގައި އޯލެވެލް އިމްތިހާނު ކުރިއަށްދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.