މޯލްޑިވިއަން

މޯލްޑިވިއަންއަށް އެއާބަސް ފްލައިޓެއް ހޯދަނީ

ގައުމީ އެއާލައިން -- މޯލްޑިވިއަންއަށް އެއާބަސް މަތިންދާބޯޓެއް ހޯދަން އިއުލާނުކޮށްފި އެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑުން ހޯދަނީ އެއާބަސް އޭ319ސީއީއޯ ނުވަތަ އޭ32ސީއީއޯ މަރުކާގެ ފްލައިޓެކެވެ.

މި ފްލައިޓް ހޯދަނީ ތިން އަހަރު ދުވަހުގެ މުއްދަތަށެވެ.

އެ އެއާލައިނުން ހާމަކުރި ގޮތުގައި ފްލައިޓްގެ ދަތުރުތައް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށޭ މިންވަރަށް ފޯރުކޮށްދޭން ޖެހޭނެ އެވެ.

މޯލްޑިވިއަންގެ ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމުގެ ގޮތުން އެއާބަސް ފްލައިޓެއް ހޯދަން މީގެ ކުރިންވެސް އިއުލާނުކުރި އެވެ.

އެ އެއާލައިންގެ ފްލީޓްގައި މި ވަގުތު ޖުމްލަ 25 ފްލައިޓް އެބަ އޮތެވެ.

މީގެ ތެރޭގައި އޭޓީއާރް މަރުކާ ހަތަރު ފްލައިޓާއި ޑޭޝް-8 މަރުކާގެ ފްލައިޓްގެ އިތުރުން ޑީސީއެޗް-6 ޓްވިން އޮޓާ މަރުކާގެ ފްލައިޓާއި އެއާބަސް އޭ320 މަރުކާގެ ފްލައިޓެއް ހިމެނެ އެވެ.