މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަން (އެމްއެލްސީއޭ)

ލޯކަލް ކައުންސިލް އެސޯސިއޭޝަން އުފައްދައިފި

ލޯކަލް ކައުންސިލް އެސޯސިއޭޝަނުންގެ ފަރާތުން މިނިސްޓަރު އާދަމް ޝަރީފް އާއި އެލްޖީއޭއާ ބައްދަލުކުރައްވަނީ -- ފޮޓޯ: އެމްއެލްސީއޭ
0%
0%
0%

ލޯކަލް ކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމަށް މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަން (އެމްއެލްސީއޭ) ގެ ނަމުގައި ޖަމިއްޔާއެއް އުފައްދައިފި އެވެ.

އެމްއެލްސީއޭގެ މަގުސަދުތަކުގެ ތެރޭގައި ކައުންސިލްތަކުގެ މުވައްޒަފުންނަށް ތަމްރީނާއި ތައުލީމުގެ ފުރުސަތުތައް ހޯދައިދިނުމާއި ކައުންސިލްތަކުގެ ގުޅުން ހަރުދަނާކުރުން ހިމެނެ އެވެ.

މި ޖަމިއްޔާ އުފައްދާ ރަޖިސްޓްރީކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ.

ޖަމިއްޔާގެ މެންބަރަކަށްވުމުގެ ފުރުސަތު ލޯކަލް ކައުންސިލްތަކަށް ހުޅުވާލާފައިވާއިރު މި ޖަމިއްޔާގެ މެންބަރަކަށް ވެވޭނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ އިތުރު ރަށު ކައުންސިލްތަކަށެވެ.

އެމްއެލްސީއޭގައި ހިމެނޭ ސިޓީ ނުވަތަ އަތޮޅު ކައުންސިލްތަކުން ކޮންމެ މަހަކު 5،000 ރުފިޔާ ދައްކަން ޖެހެ އެވެ.

މީގެ އިތުރުން އާބާދީ 3،000 އަށްވުރެ ބޮޑު ރަށު ކައުންސިލްތަކުން މަހަކު 1،000 ރުފިޔާ އަދި އާބާދީ 3،000 އަށްވުރެ ކުޑަ ރަށްރަށުގެ ކައުންސިލްތަކުން މަހަކު 500 ރުފިޔާ ދައްކަންޖެހެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345