މާލޭގެ ބައެއް ސަހަރާތަކުގައި ޕާކިންއަށް ޖާގައެއް ކަނޑައަޅަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މާލޭގެ ސަހަރާތައް ޕާކިންއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެކަމުގައި ފަތުވާ މަޖިލީހުގެ ފަތުވާވެސް ސިޓީ ކައުންސިލަށް ލިބިފައިވާ ކަމަށްވެސް އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާފަންނު ސަހަރާއިން ބޮޑު ސަރަހައްދެއް ޕާކިންއަށް ހާއްސަކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
މާލޭގެ ބައެއް ސަހަރާތަކުގައި މިހާރުވެސް ޕާކިން ޖާގަ ކަނޑައަޅާފައިވެ އެވެ.
އެ ގޮތުން މާފަންނު ސަހަރާގެ އެއް ކަންމަތީ އަދި މައްޗަންގޮޅި ސަހަރާގެ ބައެއް ވަނީ ޕާކިންއަށް ކަނޑައަޅާފަ އެވެ.