މޯލްޑިވްސް ޕޮލިސް ސާވިސް

ހުޅުމާލެ ފިހާރައަކުން ވައްކަންކޮށް، ކްލިނިކެއްގެ ދޮރަށް ގެއްލުންދީފި

May 22, 2024

ހުޅުމާލެ ހޮސްޕިޓަލް ކުރިމަތީގައި ހުރި ފިހާރައަކުން ވައްކަންކޮށް އެތަނުގައި ހުރި ކްލިނިކެއް ކަމަށްވާ މައި ޑެންޓިސްޓް ކްލިނިކުގެ ދޮރަށް ގެއްލުން ދީފި އެވެ.

ފުލުހުން ބުނީ މި މައްސަލަތައް ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 9:26 ހާއިރު ކަމަށެވެ.

ފިހާރައިން ފައިސާ އަދި މޯބައިލް ފޯނެއް ވަގަށް ނަގާފައިވާކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

މި ދެ މައްސަލަވެސް ފުލުހުން ތަހުގީގުކުރަމުންދާއިރު އަދި އެއްވެސް މީހަކު މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައެއް ނުވެ އެވެ.