ހުޅުމާލޭގައި ބިދޭސީ އަކު ދިވެއްސަކަށް ހަމަލާދީ ޒަހަމްކޮށްލައިފި އެެވެ.
މިއަދު ހަވީރު މިކަމެއް ހިނގާފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ލަންސިމޫ މަގުގަ އެވެ.
ފުލުހުން ބުނީ އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.
ބިދޭސީ މީހާ ހއްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. އެކަމަކު ހައްޔަރުކުރި މީހާގެ އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެ އެވެ.
ބިދޭސީ މީހާ ދިވެއްސަކަށް ހަމަލާ ދިން ސަބަބެއްވެސް އެނގިފައެއް ނުވެ އެވެ.