މޯލްޑިވްސް ޕޮލިސް ސާވިސް

ބްރިޖު ޓްރެފިކް ލައިޓް ކައިރީ ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ

މާލޭގެ ބޮޑުތަކުރުފާނު މަގުގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ދަރުބާރުގޭ ޓްރެފިކް ލައިޓު ކައިރިން ދުއްވާފައި ދިޔަ ދެ ސައިކަލެއް ޖެހިގެން ކަމަށެވެ.

އެކްސިޑެންޓުގެ މައުލޫމާތު ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 6:54 ގައި ކަމަށް ފުލުހުން ބުނެ އެވެ.

އެކްސިޑެންޓާ ގުޅިގެން އަނިޔާވީ 19 އަހަރުގެ ފިރިހެން ކުއްޖަކަށެވެ. އޭނާއަށް ފަރުވާ ދެނީ އޭޑީކޭ ގައެވެ.

މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.