އެޗްޑީސީ

އެޗްޑީސީ އިން ފަލަސްތީނު ފަންޑަށް އެއް ލައްކަ ރުފިޔާ ހަދިޔާކޮށްފި

ފަލަސްތީނަށް އެހީވުމަށް ދައުލަތުގެ މީޑިއާ -- ޕީއެސްއެމް އިން ކުރިއަށްގެންދާ ޓެލެތޯނަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން އެއް ލައްކަ ރުފިޔާ ހަދިޔާކޮށްފި އެވެ.

"ފަލަސްތީނާއެކު ދިވެހީން" ނަމުގައި ކުރިއަށް ގެންދާ ޓެލެތޯނަށް އެޗްޑީސީގެ ފަރާތުން ހަދިޔާކުރި އެއްލައްކަ ރުފިޔާގެ އެހީއާ ޕީއެސްއެމްގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޔާމީން އެވެ.

އެޗްޑީސީއަކީ މިފަދަ އެކި ހަރަކާތްތަކުގައި އެހީވުމުގައި ނަމޫނާ ދައްކަމުން އަންނަ ކުންފުންޏެކެވެ.

ފަލަސްތީނަށް އެހީވުމުގެ ޓެލެތޯން ކުރިއަށްދާނީ މިއަދު ހެނދުނު 8:00 އިން މިރޭ 12:00 އަށެވެ.

ފަލަސްތީނަށް އެހީވުމަށް ޓެލެތޯން ކުރިއަށް ގެންދާތީ މާލެ ސަރަހައްދުގައި 13 ފަންޑު ފޮށިވެސް ވަނީ ބަހައްޓާފަ އެވެ.

ފޮށިތައް ކައިރިއަށް ނުދެވޭ މީހުންނަށް ފަސޭހައިން އޮންލައިންކޮށްވެސް ފައިސާ ޖަމާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ދެ އެކައުންޓެއް ވަނީ ހުޅުވާފަ އެވެ. އެގޮތުން ދިވެހި ފައިސާއިންނަމަ ފައިސާ ޖަމާކުރާނީ 7730000655865 އަދި ޑޮލަރުންނަމަ 7730000655866 އެކައުންޓަށެވެ.