މޯލްޑިވްސް ޕޮލިސް ސާވިސް

މާލެ އިން މީހަކު ގެއްލިގެން ހޯދަނީ

މާލެ އިން މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ހޯދަމުންދަނީ ހ. ބްލޫސްކޫޕް، ހުސައިން ޒިހާން (18އ) އެވެ.

ފުލުހުން ބުނީ އާއިލާއަށް ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޒިހާން އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ހުކުރު ދުވަހު އޭނާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ޒިހާންގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހެއް ހުރި ނަމަ ފުލުހުންނަށް އެ މައުލޫމާތު ހިއްސާކުރުމަށްވެސް ފުލުހުން އެދިފައިވެ އެވެ.