މޯލްޑިވްސް ޕޮލިސް ސާވިސް

ސިނަމާލެ ފްލެޓަކުން ވައްކަންކުރި ބަޔަކު ހައްޔަރުކޮށްފި

ސިނަމާލެ ތިނެއްގެ ޓެރަސް މަތިން ވައްކަން ކުރި ބަޔަކަު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ދެމީހުންނާއި 42 އަހަރުގެ މީހެއް ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތު ދީފައިވެ އެވެ.

މި ތިން މީހުންނަކީ ވެސް ދިވެހި ފިރެހެނުންނެވެ.

ހައްޔަރު ކުރި މީހުން ވަނީ ސިނަމާލެ ތިނެއްގެ ޓެރެސް މަތީގައި ހަރުކޮށްފައި ހުރި އާތު ދަގަނޑުތަކެއް ވަގަށް ނަގާފަ އެވެ.

މި މައްސަލަަ ފުލުހުންނަަށް ރިޕޯޓްކޮށްފައިވަނީ ރޭ ފަތިހު 5:01 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.