ޑރ. މުހައްމަދު މުއިއްޒު

އެމްޑީޕީގެ އަހަރީ ދުވަހު ރައީސް މުއިއްޒުގެ ތަހުނިޔާ

އެމްޑީޕީއަށް 19 އަހަރު ފުރުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ޕާޓީއަށް ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ އެ ޕާޓީގެ އިސްވެރީންނާއި މެންބަރުންނަށް ވިދާޅުވެފަ އެވެ.

ނައިބުރައީސް ހުސައިން މުހައްމަދު ލަތީފުވެސް ވަނީ އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު އާއި ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ އިތުރުން ޕާޓީގެ މެންބަރުންނަށް އަރިސްކޮށްފަ އެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ ބައެއް މެންބަރުންވެސް ވަނީ އެމްޑީޕީގެ އަހަރީ ދުވަހުގެ ތަހުނިޔާ ވިދާޅުވެފަ އެވެ.

އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު 4:30 ގައި އެމްޑީޕީ އޮފީހުގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.