ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނިހާދު އައްޔަންކޮށްފި އެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ނިހާދު އައްޔަންކުރި ދުވަހެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
ނިހާދު އެ މަގާމަށް އައްޔަންކުރި ނަމަވެސް އެ މައުލޫމާތު ރައީސް އޮފީހުގެ ވެބްސައިޓްގައި އަދި އާންމުކޮށްފައިނުވެ އެވެ.
ރައީސް އޮފީހުގެ ވެބްސައިޓްގައިވާ ގޮތުން މި ވަގުތު ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުގައި ދެ ބޭފުޅުން އެބަ ތިއްބެވި އެވެ.
ނިހާދު ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެމްޑީޕީ ދޫކޮށް ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގެންފަ އެވެ.