އެމްއެންޑީއެފް

ގަލޮޅު ކަންމަތީގައި ބާރުގަދަ ގޮވުމެއްގެ އަޑު

މާލޭގެ މަޝްހޫރު ގަލޮޅު ކަންމަތީގައި އެއްޗެއް "ގޮވައިގެން" ފުލުހުންނާއި ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

މީގެއިރުކޮޅެއް ކުރިން އެ ސަރަހައްދުން ބާރުގަދަ އަޑުފަށްގަނޑަކާ އެކު އެއްޗެއް "ގޮވީ" އެ ސަރަހައްދުގައި އޮތް ވޭނެއްގެ ތެރެއިން ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެ އެވެ.

ވޭނު އޮތް ސަރަހައްދު ބަންދުކޮށްފައިވާތީ އެ ސަރަހައްދަކަށް މިވަގުތު އެއްވެސް މީހަކަށް ނުވަދެވެ އެވެ. އަދި ފުލުހުންނާއި ސިފައިން ދަނީ އެ ސަރަހައްދުގައި ފޯރިމަރަމުންނެވެ.

ވޭނުގައި "ގޮވީ" ކޮން އެއްޗެއް ކަމެއް އަދި އެނގިފައެއް ނުވެ އެވެ. ސަލާމަތީ އިދާރާތަކުން ވެސް މިކަމުގައި އަދި ވަކި އެއްޗެއް ނުބުނެ އެވެ.

ފުލުހުންގެ އިދާރާ އިން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އެއްވެސް އަނިޔާއެއް ނުލިބޭ ކަމަށެވެ.