މޯލްޑިވްސް ޕޮލިސް ސާވިސް

ބަނގުރާ ކޭސްތަކަކާ ގުޅުންހުރި ބިދޭސީއަކު ހޯދަނީ

ހުޅުމާލެ އިން ފެނުނު ބަނގުރާ ކޭސްތަކަކާ ގުޅިގެން ބިދޭސީއަކު ހޯދަން ފަށައިފި އެވެ.

ފުލުހުންގެ ވެބްސައިޓްގައި ހޯދަން އިއުލާންކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޓަފްޖޮލް މިޔާ (23އ) އެވެ.

ފުލުހުން ބުނީ މިއާ ހޯދަމުންދަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ވިނަރެސް ފްލެޓްތައް ކައިރީ އޮތް ހުސްބިމެއްގައި ބާއްވާފައި އޮތް ކާރަކުން ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަ ކޭސް ފެނިފައިވާ މައްސަލައާ ގުޅިގެން ހައްޔަރު ކުރުމަށްޓަކައި ކަމަށެވެ.

ފުލުހުން ވަނީ މިއާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށް އެދިފަ އެވެ.