މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް

ހުޅުމާލެއިން 600 އަށްވުރެ ގިނަ ގޯތި ހަވާލުކޮށްފި

ގޯތި ލިބުނު ބަޔަކަށް ގޯތި ހަވާލުކުރަނީ -- ފޮޓޯ: ހައުސިން މިނިސްޓްރީ
0%
0%
0%

ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ލިބުނު މީހުންގެ ތެރެއިން މިހާތަނަށް 600 އަށްވުރެ ގިނަ ގޯތި ހަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި އިއްޔެގެ ނިޔަލަށް ހުޅުމާލެއިން ޖުމްލަ 624 ގޯތި ވަނީ ހަވާލުކޮށްފަ އެވެ.

މީގެ ތެރޭގައި ހިމެނެނީ މިއަހަރު ހަވާލުކުރި 159 ގޯއްޗާއި މިދިޔަ އަހަރު ހަވާލުކުރި 465 ގޯއްޗެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް ހުޅުމާލެއިން ޖުމްލަ 1،408 ބިން ދޫކޮށްފައިވެ އެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމުގެ ތެރެއިން 9،000 އަށް ވުރެ ގިނަ ގޯތި ދޫކޮށްފައިވެ އެވެ.

މި ގޯތި ދޫކޮށްފައިވަނީ ހުޅުމާލޭގެ އިތުރުން ގުޅީފަޅާއި ގިރާވަރުފަޅުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345