ހުޅުމާލެ

ހުޅުމާލެއިން 647 ގޯތި ހަވާލުކޮށްފި

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ލިބުނު މީހުންނަށް ގޯތި ހަވާލުކުރަނީ -- ފޮޓޯ: ހައުސިން މިނިސްޓްރީ
0%
0%
0%

ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ލިބުނު މީހުންގެ ތެރެއިން މިހާތަނަށް 647 ގޯތި ހަވާލުކޮށްފި އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން 10 ގޯތި އިއްޔެ އެ ގޯތިތަކުގެ ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު 13 ގޯތި ހަވާލުކޮށްފައިވެ އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ޖުމްލަ 1،408 ގޯތި ދޫކޮށްފައިވެ އެވެ. މިހާތަނަށް 761 ގޯތި ހަވާލު ނުކުރެވެ އެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމުގެ ތެރެއިން 9،000 އަށް ވުރެ ގިނަ ގޯތި ދޫކޮށްފައިވެ އެވެ.

މި ގޯތި ދޫކޮށްފައިވަނީ ހުޅުމާލޭގެ އިތުރުން ގުޅީފަޅާއި ގިރާވަރުފަޅުންނެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކުރި ގޯތިތައް ހަވާލުކުރަމުންދާއިރު ހުޅުމާލެ ފޭސް ތިނަކުން ދޫކުރާ ގޯތިތައް މި އަހަރުގެ ނޮވެމްބަރު މަހު ހަވާލުކުރަން ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވަނީ ވިދާޅުވެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345