މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

އެއްގަމު އުޅަނދު ދުއްވުމުގެ އަމަލީ އިމްތިހާން ފުލުހުންގެ ބެލުމުގެ ދަށުން ކުރަނީ

މަގުމަތީގައި ފުލުހުން ކުރިއަށް ގެންދިޔަ ޑްރިލްއެއް މިނިސްޓަރު އަމީން އާއި ސީޕީ ޝުޖާއު ބައްލަވާލައްވަނީ -- ފޮޓޯ: އަވަސް
100%
0%
0%

އެއްގަމު އުޅަނދު ދުއްވުމުގެ އަމަލީ އިމްތިހާން ފުލުހުން ބެލުމުގެ ދަށުން ނުވަތަ ހަރުދަނާ ސިސްޓަމެއް ގާއިމުކޮށްފައިވާ ފަރާތެއްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ ގޮތަށް ބަދަލުކުރަން ނިންމައިފި އެވެ.

މި ބަދަލު ގެންނަނީ މާލޭގެ މަގުތައް އަމާން ރައްކާތެރި ތަނަކަށް ހެދުމުގެ ގޮތުން ރޭ އިފްތިތާހުކުރި "މާލެ ފަހި" ޕްރޮގްރާމްގެ ދަށުންނެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިހާރު އެ މިނިސްޓްރީން ލައިސަންސް ދޫކުރަމުން ގެންދާ އުސޫލުތައް މުރާޖައާކޮށް ހަރުދަނާ ބަދަލުތަކެއް ގެންނަންޖެހިފައިވާ ކަމަށެވެ.

މިގޮތުން ތިއަރީ ޓެސްޓް ދިނުމުގައި ކޮމްޕިއުޓަރައިޒްޑް، ރައްކާތެރި ސުވާލުތަކުގެ ލިސްޓެއްގެ ތެރެއިން ތިއަރީ އިމްތިހާނު ދެވޭނެ ނިޒާމަކަށް ބަދަލުކުރުން ހިމެނެ އެވެ.

މީގެ އިތުރުން އަމަލީ އިމްތިހާނު ހެދުން ފުލުހުންގެ ބެލުމުގެ ދަށުން ނުވަތަ މިކަމުގެ ހަރުދަނާ ސިސްޓަމެއް ގާއިމުކޮށްފައިވާ ފަރާތެއްގެ ބެލުމުގެ ދަށަށް ބަދަލުކުރުމަކީ މިވަގުތު ހާލަތައް ބަލާއިރު ގެންނަންޖެހޭ ބަދަލެއް ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެ އެވެ.

އެއްގަމު އުޅަނދު ދުއްވުމުގެ އަމަލީ އިމްތިހާން ހަދާއިރު އެތަނުގައި އެ އިމްތިހާން ވަޒަން ކުރަން ތިބޭ ބައެއް މީހުންނަށް ފައިސާ ދިނުމުން ފާސްކޮށްދޭ ކަމުގެ ތުހުމަތު ބައެއް ފަރާތްތަކުން ކުރެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345