ބިދޭސީން

ގަވައިދާ ހިލާފަށް އުޅުނު 16 ބިދޭސީއަކު އަތުލައިގެންފި

ގާނޫނާއި ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަތުލައިގަތުމަށް ކުރިއަށް ގެންދާ އޮޕަރޭޝަންގެ ދަށުން ރޭ ވެސް 16 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި 16 މީހުން އަތުލައިގަތީ ހަތަރު ތަނެއް ބަލައި ފާސްކުރުމަށްފަހު އެވެ.

ގާނޫނާއި ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަތުލައިގަތުމަށް މޯލްޑިވްސް އިމިގްރޭޝަނުން ގެންދަނީ ސިލްސިލާކޮށް ވަރުގަދަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން މިހާތަނަށް 2،013 ބިދޭސީއަކު ވަނީ ރާއްޖެ އިން ޑީޕޯޓްކޮށްލާފަ އެވެ.

ގާނޫނާއި ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަތުލައިގަތުމަށް މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަން ހުއްޓާލާނީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްފަހު ކަމަށް ކަމާ ގުޅޭ އިދާރާތަކުން ގެންދަނީ ބުނަމުންނެވެ.