ޑރ. އަބްދުﷲ ޚަލީލް

ސިއްހީ ދާއިރާއާ ގުޅޭ 300 މިލިއަން ރުފިޔާ އެސްޓީއޯއަށް ނުދީ އޮތް: ހަލީލް

ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް -- ފޮޓޯ: ހެލްތު މިނިސްޓްރީ
0%
0%
0%

ސިއްހީ ދާއިރާއާ ގުޅުންހުރި ހަރަދުތަކުގެ ގޮތުގައި އެސްޓީއޯއަށް ދައްކަންޖެހޭ ގާތްގަނޑަކަށް 300 މިލިއަން ރުފިޔާ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ހުރި ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހަލީލް ވިދާޅުވީ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުން މެޑިކަލް ކޮންސިއުމަބަލްސް ހުސްވުމަކީ އަބަދުވެސް ދިމާވާ ކަމެއް ކަމަށެވެ. ނަމަވެސް މެޑިކަލް ކޮންސިއުމަބަލްސް ހުސްނުވެ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރުގައި އެސްޓީއޯއަށް ދައްކަންޖެހޭ ގާތްގަނޑަކަށް 300 އެއްހާ މިލިއަން ރުފިޔާ އޮތް، ކޮންސިއުމަބަލްސް، ރިއެޖެންސްޓްސް އަދިވެސް އެހެން ސިއްހީ ދާއިރާއާ ގުޅުންހުރި ބައެއް ހަރަދުތަކުގެ،" ހަލީލް ވިދާޅުވި އެވެ.

އެ އަދަދުގެ ތެރެއިން ބޮޑުބައެއް އަދާކޮށްފައިވާ ކަމަށް ހަލީލް ވިދާޅުވި އެވެ. އެކަމުގެ ސަބަބުން މެޑިކަލް ކޮންސިއުމަބަލްސް ފޯރުކޮށްދިނުމުގައި އެސްޓީއޯއަށް ލުއި ފަސޭހަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ މެޑިކަލް ކޮންސިއުމަބަލްސް މެދުނުކެނޑި ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެ ގޮތުން ރަށްރަށުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި މެޑިކަލް ކޮންސިއުމަބަލްސް ހުރި އަދަދު ދެނެގަތުމަށް ސޮފްޓްވެއާއެއް ތައްޔާރުކުރަމުންދާ ކަމަށެވެ.

"އެ ސޮފްޓްވެއާގެ ތެރެއިން އަޅުގަނޑުމެންނަށް އެނގިގެންދާނެ ރަށްރަށުގައި ކޮންސިއުމަބަލްސް ހުރި އަދަދު،" ހަލީލް ވިދާޅުވި އެވެ.

އެއާއެކު ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ފޮނުވަންޖެހޭ ތަކެތި އެނގި އެތަކެތި ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެކަން ހަލީލް ފާހަގަކުރެއްވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910