ސިއްހަތު

ސިއްހީ ހިދުމަތްތަކުގެ ޝަކުވާ ހުށަހަޅަން ޕޯޓަލްއެއް

މާހަރާ" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި (ކ) ކުރީގެ ހެލްތު މިނިސްޓަރު ޑރ. އައިމިނަތު ޖަމީލް އާއި (މ) ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް -- ފޮޓޯ: ހެލްތު މިނިސްޓްރީ
0%
0%
0%

ސިއްހީ ހިދުމަތްތަކާ ގުޅޭ ޝަކުވާތައް ހުށަހެޅުމަށް ހާއްސަ ޕޯޓަލް -- "މާހަރާ" އިފްތިތާހުކޮށްފި އެވެ.

ބަލިމީހުންގެ ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރާ ދުވަސް ފާހަގަކުރުމަށް އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެގައި މި ޕޯޓަލް އިފްތިތާހުކޮށް ދެއްވީ ކުރީގެ ހެލްތު މިނިސްޓަރު ޑރ. އައިމިނަތު ޖަމީލް އެވެ.

މި ޕޯޓަލްގެ އެހީގައި ސިއްހީ ހިދުމަތް ލިބިގަންނަ މީހުންނަށް ދިމާވާ އެކިއެކި ކަންކަމާއި ގުޅިގެން ހުންނަ ކަންބޮޑުވުންތައް ހިއްސާ ކުރެވޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.

މިފަދަ ނިޒާމެއް ގާއިމު ކުރެވިގެން ދިއުމަކީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ލިބިގެންދާނެ ފުރުސަތެއްކަން އެ މިނިސްޓްރީން ފާހަގަކުރެ އެވެ.

މި ޕޯޓަލްއަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ -- ޑަބްލިޔުއެޗްއޯގެ އެހީތެރިކަމާއެކު ތައްޔާރުކުރި ޕޯޓަލްއެކެވެ.

ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރ މަހުގެ 17 ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަ ކުރަމުންގެންދާ ބަލިމީހުންގެ ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރާ ދުވަހެވެ.

މިދުވަހުގެ މި އަހަރުގެ ޝިއާރަކީ "ބަލިމީހުންގެ ރައްކާތެރިކަމަށްޓަކައި ބަލި ދެނެގަތުމުގެ ނިޒާމު ހަރުދަނާކުރުން' އެވެ. މީގެ އިތުރުން، މި ޝިއާރުގެ ސްލޯގަން އަކީ 'ބަލިމީހާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުރިހަމައަށް ބަލި ދެނެގަތުން' އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910