ހުޅުމާލޭގައި ބަނގުރަލާއި ބިޔަރު ގެންގުޅުނު ބިދޭސީ މީހާގެ ބަންދަށް ކޯޓުން 15 ދުވަސް ދީފި އެވެ.
ފުލުހުން ބުނީ މިމަހުގެ ހަތަރުވަނަ ދުވަހުގެ ރޭ މި މީހާ ހައްޔަރުކުރިއިރު 48 ދަޅު ބިޔަރާއި އެއް ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.
މި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ 15 ދުވަހު ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރުމަށް ކޯޓުން ފުރުސަތު ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މިމައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރީ ސޯހިދުލް އިސްލާމް ނަމަކަށް ކިޔާ ބަންގްލަދޭޝްގެ ފިރިހެނެކެވެ. އޭނާގެ އުމަރަކީ 33 އަހަރެވެ.
ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރީގައި ބިދޭސީން ހަރަކާތްތެރިވުމަކީ އާންމުންގެ ކަންބޮޑުވުން އަބަދުވެސް އޮންނަ މައްސަލަ އެކެވެ.