އައްޑޫ ސިޓީ ރަށްރަށުގައި ކުށްކުރުން މަދުކޮށްދޭން އިތުރަށް މަސައްކަތްކޮށްދޭން ހޯމް މިނިސްޓަރު އުމަރު ނަސީރު ފުލުހުންގެ ކިބައިން އެދިވަޑައިގެންފިއެވެ.
އައްޑު އަތޮޅަށް ވަޑައިގެން އެ އަތޮޅުގައި ބޭއްވި ދެ ބައްދަލުވުމެއްގައި ފުލުހުންނާ ބައްދަލު ކުރައްވާ މިނިސްޓަރު އުމަރު ވިދާޅުވީ އައްޑޫގައި ކުށްކުރުން އިތުރުވެފައިވާ ކަމަށާއި އެ އަތޮޅުގައި ކުށްމަދު ކުރުމަށް ހުރިހާ ފުލުހުންވެސް މިހާރަށްވުރެ ބޮޑަށް އިތުރު މަސައްކަތްތަކެއް ކޮށްދެއްވުމަށް އެދި ވަޑައިގަންނަވާ ކަމަށެވެ. އަދި ފުލުހުންގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް ރަނގަޅުކުރުމަށް ކުރެވެންހުރި ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި ފުލުހުންގެ ހިޔާލު ވެސް މިނިސްޓަރު ހޯއްދެވި އެވެ.