ހަބަރު

ރައީސް ޔާމީން ހިލާލީ ގެއަށް ދިރިއުޅުއްވުން ބަދަލުކުރައްވައިފި

ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހިލާލީގެއަށް ބަދަލުވެވަޑައިގެންފި އެވެ. ރައީސް ހިލާލީގެއަށް ދިރިއުޅުން ބަދަލުކުރެއްވީ މިއަދުގެ ވަގުތެއްގަ އެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ރައީސް ހިލާލީ ގެއަށް ދިރިއުޅުވުން ބަދަލުކުރެއްވީ، ސެކިއުރިޓީގެ ވަރުގަދަ ކުރުމުގެ ގޮތުންނެވެ. މީގެކުރިން ރައީސް ޔާމީން ދިރިއުޅުއްވަމުން ގެންދެވީ، އެމަނިކުފާނުގެ އަމިއްލަ ގެކޮޅު ކަމަށްވާ ގ. ދޫވެހީގަ އެވެ.

ހިލާލީގޭގައި އެންމެ ފަހުން ދިރިއުޅުއްވީ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ދީދީ އެވެ. އެ ގެ ހާއްސަކޮށްފައިހުރީ ނައިބު ރައީސުން ދިރިއުޅުއްވާ ގޭގެ ގޮތުގަ އެވެ. ނަމަވެސް އެންމެފަހުން ނައިބު ރައީސްގެ މަގާމު އަދާކުރެއްވި އަހުމަދު އަދީބު ހިލާލީ ގޭގައި ދިރިއުޅުއްވަވާފައެއް ނުވެ އެވެ.