މޯލްޑިވްސް ޕޮލިސް ސާވިސް

ޖިންސީ ގުނަވަން ދެއްކި މީހަކު ހައްޔަރުކޮށްފި

ޖިންސީ ގުނަވަން ދެއްކިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފަ އެވެ.

ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި އޭނާއަށް ތުހުމަތުކުރަނީ އައިޖީއެމްއެޗްގެ އެތެރޭގައި ހުންނަ މިސްކިތުގައި ތިބި އަންހެނުންތަކަކަށް ޖިންސީ ގުނަވަން ދެއްކި މައްސަލަ އެވެ.

މީނާއަކީ މިދިޔަ ޖޫން މަހު ސްކޫލަކަށް ވަދެ ހަމަ މިފަދައިން އަމަލުކޮށްފައިވާ މީހެއް ކަމަށް އައިއޯ ވަނީ ފާހަގަކޮށްފަ އެވެ.