ދިރާގު

ދިރާގު ގޭމާސް ގިލްޑާއެކު ގޭމަރުންނަށް ހާއްސަ އޮފާތަކެއް

ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އާއެކު ދިވެހި ގޭމަރުންނަށް ހާއްސަ އޮފާތަކެއް ފަހިކޮށްދީފި އެވެ.

ޑީޖީޖީއަކީ ގޭމަރުންނަށް ހާއްސަކޮށްގެން ދިރާގުން ތަރައްގީކުރި ޕްލެޓްފޯމެކެވެ. ގޭމަރުންގެ ބޭނުންތަކަށް ހާއްސަ ގިނަ ފީޗާސްތަކެއް މި ޕްލެޓްފޯމުން ފޯރުކޮށްދެ އެވެ.

ދިރާގުން ބާއްވާ އެކިއެކި އީ-ސްޕޯޓްސް މުބާރާތްތަކުގައި މި ޕްލެޓްފޯމް މެދުވެރިކޮށް ގޭމަރުންނަށް ރަޖިސްޓްރީ ކުރެވޭނެ އެވެ.

މީގެ އިތުރުން ޑީޖީޖީގައި ރަޖިސްޓްރީކޮށްފައިވާ މެންބަރުންނަށް ވެސް ގޭމިން ތަޖުރިބާ އިތުރުކުރުމަށް ފަރުމާކޮށްފައިވާ ޑޭޓާ ޕެކްތަކަށް އެކްސްކްލޫސިވް އޮފާތައް ލިބިގެންދާނެ އެވެ.

އެ ގޮތުން ރަޖިސްޓްރީކޮށްފައިވާ ގޭމަރުންނަށް ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ކަނެކްޝަންތަކަށް 15 ދުވަހަށް ނުވަތަ 30 ދުވަހަށް 100ޖީބީ ނުވަތަ 200ޖީބީގެ ޑޭޓާ ބޫސްޓާ ހާއްސަ އަގުތަކެއްގައި ނެގޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ޑީޖީޖީން ބާއްވާ އީއޭއެފްސީ މިނީ ސީރީޒް 2 މުބާރާތް، މިމަހުގެ 30 އަދި 31 ވަނަ ދުވަހު ދިރާގު ހެޑް އޮފީހުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އެކްސްކްލޫސިވް ޑޭޓާ އޮފާތަކަށް ސަބްސްކްރައިބްކޮށް، ޑީޖީޖީގެ މެމްބަރެއްގެ ގޮތުގައި ރަޖިސްޓްރީކޮށް، އެންމެ ފަހުގެ އަޕްޑޭޓްތައް ޑީޖީޖީ ވެބްސައިޓުން ލިބޭނެ އެވެ.

ދިރާގަކީ ރާއްޖޭގެ އީސްޕޯޓްސް ޕްރޮމޯޓްކޮށް، ގޭމިން ކޮމިއުނިޓީއާ ގުޅިގެން ރާއްޖޭގެ އީސްޕޯޓްސް ކުރިއެރުވުމަށް މަސައްކަތްކުރާ ކުންފުންޏެކެވެ.