ރާއްޖޭގެ ޔޫޒަބަލް ރިޒާވް -- ބޭނުންކުރެވޭ ރިޒާވް މި އަހަރުގެ ޖުލައި މަސް ނިމުނުއިރު 43.6 މިލިއަން ޑޮލަރަށް ވެއްޓިއްޖެ އެވެ.
މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި އޮގަސްޓް މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖުލައި މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 395.4 މިލިއަން ޑޮލަރެވެ.
ކުރު މުއްދަތުގެ ދަރަނި އުނިކުރުމުން ޖުލައި މަސް ނިމުނުއިރު ޔޫޒަބަލް ރިޒާވްގައި ހުރީ 43.6 މިލިއަން ޑޮލަރެވެ.
މި އަދަދަކީ ޖޫން މަހު ޔޫޒަބަލް ރިޒާވްގައި ހުރި 66.9 މިލިއަން ޑޮލަރަށްވުރެ 23.3 މިލިއަން ޑޮލަރު މަދު އަދަދެކެވެ.
ރަސްމީ އަދި ޔޫޒަބަލް ރިޒާވް މަހުން މަހަށް
- ޖެނުއަރީ 2024 - ރަސްމީ: 551.1 މިލިއަން ޑޮލަރު | ޔޫޒަބަލް: 109.7 މިލިއަން ޑޮލަރު
- ފެބްރުއަރީ 2024 - ރަސްމީ: 588.8 މިލިއަން ޑޮލަރު | ޔޫޒަބަލް: 128.7 މިލިއަން ޑޮލަރު
- މާޗް 2024 - ރަސްމީ: 541.8 މިލިއަން ޑޮލަރު | ޔޫޒަބަލް: 113.7 މިލިއަން ޑޮލަރު
- އެޕްރީލް 2024 - ރަސްމީ: 622.1 މިލިއަން ޑޮލަރު | ޔޫޒަބަލް: 113.6 މިލިއަން ޑޮލަރު
- މޭ 2024 - ރަސްމީ: 492.2 މިލިއަން ޑޮލަރު | ޔޫޒަބަލް: 73.1 މިލިއަން ޑޮލަރު
- ޖޫން 2024 - ރަސްމީ: 509.2 މިލިއަން ޑޮލަރު | ޔޫޒަބަލް: 66.9 މިލިއަން ޑޮލަރު
- ޖުލައި 2024 - ރަސްމީ: 395.4 މިލިއަން ޑޮލަރު | ޔޫޒަބަލް: 43.6 މިލިއަން ޑޮލަރު
ރަސްމީ ރިޒާވް އާއި ޔޫޒަބަލް ރިޒާވް ޖުލައި މަހު ދަށަށް ގޮސްފައިވާއިރު ރިޒާވް މިމަހު ހުސްވާނެ ކަމަށް މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކުރިން ވަނީ ލަފާކޮށްފަ އެވެ. ނަމަވެސް އެމްއެމްއޭ އިން ފަހުން ވަނީ މިމަހުން ފެށިގެން ރިޒާވް ރަނގަޅު ވާނެ ކަމަށްވެސް ބުނެފަ އެވެ.