މޯލްޑިވްސް ޕޮލިސް ސާވިސް

އިލެކްޓްރޯނިކް ސާމާނުތަކެއް ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފި

އިލެކްޓްރޯނިކް ސާމާނުތަކެއް ވަގަށް ނެގުމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބ. ދަރަވަންދޫ ވިދުވަރު، ހުސައިން ޝާއިފް. އާއި މ. ދާރުލްގަރާރު އިސްމާއިލް ވިޝާލް އެވެ.

ފުލުހުން ބުނީ އިއްޔެ ހަވީރު 4:00 ހާއިރު މާލޭގެ ގެއެއްގެ ތެރޭގައި ހުރި އިލެކްޓްރޯނިކް ސާމާނުތަކެއް މި ދެ މީހުން ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

މި ދެ މީހުން ވަގަށް ނެގި ކަމަށް ބުނާ ތަކެތީގެ އެއްވެސް ތަފްސީލެއް އަދި އެ ތަކެތީގެ އަގެއްވެސް ފުލުހުން ނުދެ އެވެ.