ބޭރު ކުޅިވަރު

ބާސެލޯނާ އަށް ފަސޭހަ މޮޅެއް

ސްޕްނިޝް ލީގުގައި ރޭ ގެޓަފޭ އަތުން ފަސޭހަ ކަމާއެކު ބާސެލޯނާ 6-0އިން ކުރި ހޯދައިފި އެވެ.

މި މެޗުގައި ލަޔޮނަލް މެސީ ޕެނަލްޓީއެއް މިސްކޮށްލިއިރު އޭނާ ލަނޑެއް ވެސް ޖެހި އެވެ. އަދި ދެ ލަނޑު ޖެހީ ނެމާ އަށް ހެޓްރިކް ހަދަން ރަނގަޅު ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްދިނެވެ.

ބާސެލޯނާގެ ފުރަތަމަ ލަނޑަކީ ގެޓަފޭގެ ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަންލަނޑެކެވެ. ދެން ލަނޑު ޖެހީ މުނިއަ އަލް ހައްދާދީ އާއި އަރްދާ ތުރާން އެވެ.

މި މޮޅާއެކު ބާސެލޯނާ ވަނީ 27 މެޗުން 75 ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނާގައިވާ އެތްލެޓިކޯ އަށް ލިބިފައިވަނީ 67 ޕޮއިންޓެވެ. ތިން ވަނާގައި ރެއާލް އޮތީ 60 ޕޮއިންޓާއެކުގަ އެވެ.

މެޗަށް ފަހު ބާސެލޯނާގެ ކޮޗު ލުއިސް އެންރީކޭ ބުނީ އޭނާގެ ޓީމު ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި މިއީ ތަފާތު މޮޅު ޓީމެއް ކަމަށެވެ. ޓޭބަލުގައި މިހާރު ލިބިފައިވާ ލީޑާ މެދު ވަރަށް ބޮޑު ހިތްހަމަޖެހޭ ކަމަށެވެ.

ގެޓަފޭގެ ކޯޗު ބުނީ ބާސެލޯނާގެ ކުރިމަތީގައި އޭނާގެ ޓީމަށް ހަދާނެ އެއްވެސް ގޮތެއް ނުފެނުނު ކަމަށާއި ފުރަތަމަ ދެ ލަނޑާއެކު މެޗު ނިމިއްޖެ ކަމަށެވެ.

ގެޓަފޭ އޮތީ ތާވަލުގެ ތާވަލުގެ 17 ވަނާގައި 27 ޕޮއިންޓާއެކުގަ އެވެ.