ދިރާގު

ދިރާގު އީއޭއެފްސީ މިނީ ސީރީސް 2 ޑުއޯސް މުބާރާތް ނިންމާލައިފި

ދިރާގުން ބޭއްވި އީސްޕޯޓްސް މުބާރާތް -- ދިރާގު އީއޭއެފްސީ މިނީ ސީރީޒް 2 ޑުއޯސް ޓޯނަމަންޓް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

ވާދަވެރި ގިނަ ރައުންޑްތަކަކަށްފަހު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ "ދަ ލޮޖް" ޓީމުންނެވެ.

އީއޭއެފްސީ މިނީ ސީރީޒް 2 ޑުއޯސް މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ދެ ދުވަހުގެ މުއްދަތަށް ދިރާގު ހެޑް އޮފީހުގަ އެވެ.

މި މުބާރާތުގައި ދެ ކުޅުންތެރިން ހިމެނޭހެން 120 ޓީމު ބައިވެރިވެ ހުނަރު ވަނީ ދައްކުވައިދީފަ އެވެ. މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ސަޕޯޓަރުންނާއި އާންމުންނަށް މެޗުތައް ވަގުތުން ބަލާލެވޭ ގޮތަށެވެ.

މުބާރާތުގެ ދެވަނަ ހޯދީ "މޯލްޑިވްސް ޔުނިފައިޑް ގޭމިންގް" ޓީމުންނެވެ. ތިންވަނަ އަދި ހަތަރުވަނަ ހޯދީ "އިމިއުނިޓީ އެފްސީ" އަދި "ބްލެކް އެންޑް ވައިޓް" ޓީމުންނެވެ.

މި މުބާރާތް ކުރިއަށް ގެންދިޔައީ 15،000 ރުފިޔާގެ ގްރޭންޑް ޕްރައިޒް ޕޫލްއަކާއެކު އެވެ.

ދިރާގުގެ މި މުބާރާތަކީ ރާއްޖޭގެ އީސްޕޯޓްސް ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރާ މުބާރާތެކެވެ. ގޭމަރުންގެ ހުނަރު ދައްކާލުމުގެ އިތުރުން މަތީ ފެންވަރުގައި ވާދަކޮށްލުމުގެ ފުރުސަތު މި މުބާރާތުން ގޭމަރުންނަށް ލިބެ އެވެ.

ދިރާގުން ދާދިފަހުން ވަނީ ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) ތައާރަފުކޮށްފަ އެވެ.

ޑީޖީޖީއަކީ ގޭމަރުންނަށް ހާއްސަކޮށްގެން ދިރާގުން ތަރައްގީކުރި ޕްލެޓްފޯމެކެވެ. ގޭމަރުންގެ ބޭނުންތަކަށް ހާއްސަ ގިނަ ފީޗާސްތަކެއް މި ޕްލެޓްފޯމުން ފޯރުކޮށްދެ އެވެ.

އެ ގޮތުން ދިރާގުން ބާއްވާ އެކިއެކި އީ-ސްޕޯޓްސް މުބާރާތްތަކުގައި މި ޕްލެޓްފޯމް މެދުވެރިކޮށް ގޭމަރުންނަށް ރަޖިސްޓްރީ ކުރެވޭނެ އެވެ.

ދިރާގުން ދަނީ ރާއްޖޭގެ އީސްޕޯޓްސް ޕްރޮމޯޓްކޮށް، ގޭމިން ކޮމިއުނިޓީއާ ގުޅިގެން ރާއްޖޭގެ އީސްޕޯޓްސް ކުރިއެރުވުމަށް މަސައްކަތް ކުރަމުންނެވެ.