ކުޅުދުއްފުށި

މުހައްމަދު ހަސަންގެ ހަށިގަނޑު މާލެ ގެންނަނީ

ހދ. ކުޅުދުއްފުށި ފަޅު ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ޕޯސްޓްމޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު މާލެ ގެންނަން ނިންމައިފި އެވެ.

މިއަދު ހެނދުނު 8:30 ހާއިރު މަރުވެފައި އޮއްވައި ފެނުނީ އެ ރަށު ޑެއިޒީފެހި، އުމުރުން 36 އަހަރުގެ މުހައްމަދު ހަސަން އެވެ.

ފުލުހުން މިރޭ ބުނީ މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު މިރޭ މާލެ ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

މި މީހާގެ ހަށިގަނޑު މޫދުން ނަގައިގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ކުޅުދުއްފުށި ބައެއް މީހުން ބުނި ގޮތުގައި މުހައްމަދު ހަސަންގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް އެބަހުއްޓެވެ.