މޯލްޑިވްސް ޕޮލިސް ސާވިސް

ތައްޔިބުގެ ފޯނާއި އިލެކްޓްރޯނިކް ޑިވައިސްތައް ހިފަހައްޓައިފި

ސޯޝަލް މީޑިއާ އެކްޓިވިސްޓް ތައްޔިބު ޝަހީމްގެ ފޯނާއި އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ތައްޔިބަށް ފިޔަވަޅު އެޅީ ފުލުހުންގެ ސައްހަ ނޫން ބަޔާނެއް ދައުރުކުރި ކަމަށް ތުހުމަތުކުރުމަށްފަހު އެވެ.

ކޯޓު އަމުރެއްގެ ދަށުން ތައްޔިބުގެ ފޯނާއި އިލެކްޓްރޯނިކް ބައެއް ސާމާނު ހިފަހައްޓާފައިވާ ކަމަށްވެސް ފުލުހުންވެސް ޔަގީންކޮށްދީފައިވެ އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެތީގެ ތެރޭގައި ތޮއްޔިބްގެ ފޯނާއި ލެޕްޓޮޕާއި ހާޑްރައިވަކާއި ފަސް ޕެންޑްރައިވް ހިމެނެ އެވެ.

ތައްޔިބަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް ހައްޔަރުކޮށް ޖަލަށްލާފައިވާ މީހެކެވެ. އޭރުވެސް އޭނާގެ ފޯނާއި އިލެކްޓްރޯނިކް ސާމާނުތައް ހިފަހައްޓާފައިވެ އެވެ.