އެމްޓީސީސީ

ފެރީ ޓާމިނަލްތަކެއް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދަނީ

ފެރީ ޓާމިނަލްތަކެއް ތަރައްގީކޮށް ހިންގައިދޭނެ ފަރާތެއް ހޯދަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އިއުލާންކޮށްފި އެވެ.

އެ ކުންފުނިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ފެރީ ޓާމިނަލް ތަރައްގީކޮށް ހިންގުމަށް ޒޯން ތިނަކުން ލިބިފައިވާ ބިންތައް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ބުދަ ދުވަހުގެ އެމްޓީސީސީ އަށް ހާޒިރުވެ މައުލޫމާތު ސާފުކުރަން ޖެހޭނެ ކަމަށެވެ.

މި މަހުގެ 30 ވަނަ ދުވަހުގެ އަންދާސީހިސާބު ހުށަހަޅަންޖެހެ އެވެ. އަންދާސީހިސާބު ހުށަހެޅެނީ މައުލޫމާތު ސާފުކުރާ ފަރާތްތަކަށް އެކަންޏެވެ.

އެމްޓީސީސީއިން ވަނީ، އަތޮޅުތަކު ތެރޭގައި ފެރީގެ ނިޒާމް ވަރުގަދަކޮށް އެ ހިދުމަތް ދިނުމަށް ނިންމާފަ އެވެ. އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ މާލެއާ ހުޅުލެއާ ދެމެދު އަޅާ "މޯލްޑިވްސް ޗައިނާ ފްރެންޑްޝިޕް ބްރިޖު" ގާއިމް ކުރުމުން މުޅި ރާއްޖެއަށް ފެރީގެ ހިދުމަތް ފުޅާ ކުރާނެ ކަމަށާއި އަތޮޅުތަކު ތެރޭގައި ދޭ ފެރީގެ ހިދުމަތް އިތުރަށް ހަރުދަނާވާނެ ކަމަށެވެ.