ޖިންސީ ގޯނާ

ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި

ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ދެކުނުގެ އަތޮޅެއްގެ ރަށެއްގައި ހިންގި މިއަމަލާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނެކެވެ.

ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި އުމުރުން 57 އަހަރުގެ ފިރިހެން މީހާ ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހު ކަމަށްވީ ނަމަވެސް މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ އެޕްރީލް 14 ވަނަ ދުވަހު އެވެ.

ފުލުހުން ބުނީ ޖިންސީ އަނިޔާ ލިބުނު މީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ވާތީ، މި މީހާގެ މައްސަލަ ތަހުގީގުކުރަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ގޮތުގައި ކަމަށެވެ.

ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރާ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓުން ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.