އަމިއްލަ ދެ އަންހެން ދަރިންނާއި އިތުރު އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފިރިހެން މީހާގެ ބަންދަށް
ފުލުހުން ބުނީ މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުންނަށް މައްސަލަ ހުށަހެޅުމާ އެކު އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
ހައްޔަރުކޮށްފައިވަނީ މާލޭގައި ދިރިއުޅޭ އުމުރުން 42 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ޔަގީންކޮށްދިން ނަމަވެސް މި މީހާގެ ވަނަވަރު ހާމައެއް ނުކުރެ އެެވެ.
މި މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ މި މީހާގެ ބަންދަށް 30 ދުވަސް ދީފަ އެވެ.
މިމައްސަލައަކީ ކުޑަކުދިން ތަކަކަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައަކަށް ވާތީ މައްސަލައާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ނުދެ އެވެ.
ކުޑަ ފިރިހެން ކުއްޖަކު، ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ޖެންޑާ މިނިސްޓްރީއާއި ގުޅިގެން ބަލަމުންދާ ކަމަށް ފުލުހުން މިދިޔަ ހޮނިހިރު ދުވަހުވެސް ބުނެފައިވެ އެވެ.
މީގެއިތުރުން ރާއްޖޭގެ ދެކުނުގެ ރަށެއްގައި ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ އުމުރުން 57 އަހަރުގެ ފިރިހެނަކުވެސް މިދިޔަ ބުދަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.