އުރީދޫ

މެސީއާ ބައްދަލު ކުރުމުގެ ފުރުސަތު އަނެއްކާވެސް އުރީދޫއިން ދެނީ

"ސްޓޭންޑް ފޯ ގުޑް" ގޭމް މެދުވެރިކޮށް ބޭނުންޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދިނުމުގައި އެއްބާރުލުން ދިނުމާއެކު، ބާސެލޯނާ އަށް ޒިޔާރަތްކޮށް ލިއޮނަލް މެސީ އާއި ބައްދަލު ކުރުމުގެ ފުރުސަތު އުރީދޫއިން ހުޅުވާލައިފި އެވެ.

އެކުންފުނިން ވަނީ "ޓުގެދާ ވީ ކޭން ޑޫ ވޮންޑާޒް" ގެ ނަމުގައި އަނެއްކާވެސް ބައިނަލްއަގްވާމީ ކެމްޕެއިނެއް މެސީއާއެކު މިއަދު ފަށާފަ އެވެ.

ޖީއެސްއެމްއޭގެ މޮބައިލް ވޯލްޑް ކޮންގްރެސްގެ ތެރެއިން، ބާސެލޯނާގައި މެސީއާއި އުރީދޫ ގްރޫޕްގެ ޑެޕިއުޓީ ސީއީއޯ ބައިވެރިވި ހާއްސަ ހަފްލާއެއްގައި، "ޓުގެދާ ވީ ކޭން ޑޫ ވޮންޑާޒް" ކެމްޕެއިން އަށް ހާއްސަ ވީޑިއޯ އިޝްތިހާރެއް ވަނީ ތައާރަފްކޮށްފަ އެވެ. މި ވީޑިއޯ އަކީ، "ސިމްޕްލީ ޑޫ ވޮންޑާސް" ކެމްޕެއިންގެ އިޝްތިހާރުގައި މެސީ އާއެކު ބައިވެރިވި ކުޑަކުދިންތައް ފެނިގެންދާ ވީޑިއޯ އެކެވެ. މިފަހަރުގެ މި އިޝްތިހާރުން ދައްކުވައިދެނީ ޓީމްވޯކް، ޓެކޮނޮލޮޖީގެ ހުނަރުތައް، އަދި ކޮންމެ ކަމެއްގައިވެސް އެންމެ ކުރިއަށް ވާސިލްވުމަށް އެދިގެން މަސައްކަތްކުރުމުގެ މުހިއްމު ކަމެވެ.

މިފަހަރުގެ ކެމްޕެއިންގައި، ޓެކްނޮލޮޖީ މެދުވެރިކޮށް ލިބިގެންދާ ފުރުސަތުތަކަށް އަލިއަޅުވާލުމުގެ އިތުރުން، ސޯޝަލް ކޯޕަރޭޓް ރެސްޕޮންސިބިލިޓީގެ ދަށުން ބައިނަލްއަގްވާމީ ފެންވަރުގައި އެކުންފުނިން ކުރިއަށްގެންދާ ހަރަކާތްތަކާއި، އުރީދޫ ނިސްބަތްވާ ގައުމުތަކުގައި އެކުންފުނިން ކުޅިވަރަށް ދެއްވާ އަހަމިއްޔަތުކަން ދައްކުވައިދޭނެ ކަމަށް އުރީދޫއިން މައުލޫމާތުދެ އެވެ.

މި ކެމްޕެއިންގެ ދަށުން، އުރީދޫ އިން ވަނީ www.standforgood.com ވެބްސައިޓްގައި، "ސްޓޭންޑް ފޯ ގުޑް" ގެ ނަމުގައި އޮންލައިން ސްޓްރެޓެޖީ ގޭމެއްވެސް ތައާރަފްކޮށްފަ އެވެ. މިގޭމްގެ ބައިވެރިންގެ މަގްސަދަކަށް ވާނީ، އުރީދޫ ނިސްބަތްވާ ގައުމުތަކުގައި ހިމެނޭ ފުޓުބޯޅަ ދަނޑަކަށް ވެބްސައިޓް މެދުވެރިކޮށް "ޗެކް-އިން" ކުރުމަށްފަހު، 12 ގަޑި އިރު ވަންދެން އެ ދަނޑު ކެޕްޗާ ކޮށްގެން ހުރުމެވެ. މިކަން ކާމިޔާބު ކުރާ ފަރާތްތަކަށް ލަކީ ޑްރޯއެއް މެދުވެރިކޮށް، ބާސެލޯނާ އަށް ދެކޮޅު ޓިކެޓާއިއެކު މެސީ އާއި ބައްދަލުވެ، މެސީގެ ފުޓުބޯޅައިގެ ހުނަރު ހަމަލޮލުން ދެކިލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެ އެވެ.

އުރީދޫއިން ބުނީ މި ފޯރިގަދަ އޮންލައިން ގޭމް ކުޅުމުގެ އިރުތުން، މި ކެމްޕެއިންގައި ބައިވެރިވާ ފަރާތްތަކަށް އުރީދޫގެ މާކެޓްތަކުގައި ރައްޔިތުންގެ މަންފާ އަށް ޓަކައި ކުރިއަށްގެންދާ ބައެއް ހަރަކާތްތަކަށް އެއްބާރުލުން ދިނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި މީގެތެރޭގައި ލިއޯ މެސީ ފައުންޑޭޝަން އާއި ޕަރޓްނާވެ އުރީދޫގެ ބައެއް މާކެޓްތަކުގައި ކުރިއަށްގެންދާ މޮބައިލް ހެލްތް ކްލިނިކްތައް ފަދަ ޕްރޮޖެކްޓްތައް ހިމެނޭ ކަމަށެވެ.

"އަޅުގަނޑުމެން މެސީ އާއި އެކު ކުރިއަށްގެންދިޔަ ފުރަތަމަ ކެމްޕެއިންގައި ޒުވާން ކުދިން އެއްބާރުލުންދެއްވީ ކޮންމެ ކަމެއްގައިވެސް، އެކުއްޖަކަށް ވެވުނު އެންމެ މޮޅެއް ވުމަށް މިންނަތާއި އެކު މަސައްކަތް ކުރުމަށް. މިއީ އުރީދޫގެ ހުރިހާ މާކެޓްތަކުގައި ވެސް ޒުވާން ކުދިންނަށް ދޭންބޭނުންވާ މެސެޖެއް، "ޓުގެދަރ ވީ ކޭން ޑޫ ވޮންޑަރޒް" ކެމްޕެއިންގެ މަގްސަދަކީ ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް ޒުވާން ކުދިންނަށް ބާރުވެރިވުމުގެ އިތުރުން، އެހީއަށް ބޭނުންވެފައިވާ ކުދިންނަށް ކުޅިވަރުގެ ފުރުސަތުތައް ހޯދައިދިނުން. މެސީއާއި އެކު އަޅުގަނޑުމެން ކުރަމުންދާ ފުރިހަމަ މަސައްކަތްތައް އިތުރަށް ފުޅާކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަހުރެއް، އަދި މެސީ އުރީދޫގެ މަސަތްކަތަށް ދެއްވާ އެއްބާރުލުމަށް ޝުކުރުއަދާކުރަން." ބާސެލޯނާގައި ބޭއްވުނު ލޯންޗް އިވެންޓުގައި، އުރީދޫ ގްރޫޕްގެ ޑެޕިއުޓީ ސީއީއޯ، ވަލީދް އަލް ސައީދް ވިދާޅުވިއެވެ.

"ރައްޔިތުންނަށް އެހީތެރިވެދިނުމަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ކުރިއަށްގެންދާ ޕްރޮގްރާމްތަކުގައި އުރީދޫ އާއި އެކު މަސައްކަތްކުރުމަކީ ލިއޯ މެސީ ފައުންޑޭޝަންގެ އުފަލެއް. މި ހާއްސަ ކެމްޕެއިން މެދުވެރިކޮށް، އަޅުގަނޑުގެ ފޭނުންނަށް މިޕްރޮގްރާމްތަކަށް ބާރުވެރިވެ، މި މަސައްކަތްތަކާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގައި އެހީތެރިވުމުގެ ފުރުސަތު ލިބިގެންދާތީ ވަރަށް ހިތްހަމަޖެހޭ." ބައިނަލްއަޤްވާމީ ފުޓުބޯޅަ ތަރި އަދި އުރީދޫގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރ، ލިއޯ މެސީ ބުންޏެވެ.

މިކެމްޕެއިން އިން އެއްބާރުލުންދޭ އުރީދޫގެ ސީއެސްއާރް ޕްރޮގްރާމްތަކުގައި އެކުންފުންޏާއި ލިއޯ މެސީ ފައުންޑޭޝަން އާއި ގުޅިގެން ކުރިއަށްގެންދާ މޮބައިލް ހެލްތް ކްލިނިކް ހިމެނެއެވެ. މި ކްލިނިކްތަކުން އިންޑޮނޭޝިއާ، މިޔަންމާ، އަލްޖީރިއާ އަދި ޓިއުނީޝިއާގެ އެކަހެރި ސަރަހައްދުތަކުގައި ސިއްހީ އެހީ ފޯރުކޮށްދެމުންގެންދެއެވެ.

ބޭނުންޖެހިފައިވާ، ފަގީރު ސަރަހައްދުތަކަށް ސިއްހީ އެހީ ފޯރުކޮށްދޭ މި ޕްރޮގްރާމް ވަނީ 2015 ވަނަ އަހަރު އަލްޖީރިއާގައި ފަށައި، މިޔަންމާގެ 73 ވިލޭޖަކަށް ހިދުމަތް ދީފަ އެވެ. މި ހިދުމަތް ލިބިފައިވާ ފަރާތްތަކުގެ 75 އިންސައްތަ އަކީ އަންހެނުންނެވެ. ހަމައެއާއި އެކު، އިންޑޮނޭޝިއާގެ އެކި ސަރަހައްދުތަކުގައި 16 މޮބައިލް ކްލިނިކްވެސް ހަރަކާތްތެރިވަމުން ދެއެވެ. އުރީދޫ އިން ކުރިއަށް އޮތްތާނގައިވެސް އުރީދޫގެ އިތުރު މަރކެޓްތަކަށް މި ހިދުމަތް ފޯރުކޮށްދެއްވާ، އެހިސާބުތަކުގައިވެސް ބޭނުންޖެހިފައިވާ މީހުންނަށް ސިއްހީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.