ވިޔަފާރި

ބޯޝް އޮޓެމެޓިކް ދޮންނަ މެޝިން ތައާރަފްކޮށްފި

ޖަރުމަނުގެ މަޝްހޫރު އިލެކްޓްރޯނިކްސް ބްރޭންޑް "ބޯޝް"ގެ ރާއްޖޭގެ ޑިސްޓްރިބިއުޓާ، ލެކިއުޓް ލައިފްސްޓައިލް އިލެކްޓްރޯނިކްސް އިން ރާއްޖޭގެ ބާޒާރަށް ބޯޝް ބްރޭންޑްގެ އާ ދޮންނަ މެޝިނެއް ތައާރަފްކޮށްފި އެވެ.

ލެކިއުޓް ލައިފްސްޓައިލް އިލެކްޓްރޯނިކްސްއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ބޮޝް އޮޓޮމެޓިކް ދޮންނަ މެޝިނަކީ މި ޒަމާނުގެ ބިޒީ ލައިފްސްޓައިލްއާ ގުޅޭ ގޮތަށް ހާއްސަ ފީޗާތަކަކާއިއެކު ތައްޔާރުކުރެވިފައިވާ ކޮންމެ ގެއަކަށް ވެސް އެންމެ އެކަށޭނެ ދޮންނަ މެޝިނެއް ކަމަށެވެ.

"މި ދޮންން މެޝިންގައި އެކުލެވޭ ވޭރިއޯ ޕާފެކްޓް ޕްރޮގްރާމްގެ "ސްޕީޑް ޕާފެކްޓް" ނުވަތަ "އިކޯޕާފެކްޓް" ފީޗާ ބޭނުންކުރުމުން ދޮންނަން ހޭދަކުރާ ވަގުތު އަވަސްވުން ނުވަތަ ކަރަންޓުގެ ހަރަދު ކުޑަވެގެންދެ އެވެ. "އީކޯ ޕާފެކްޓް"އިން އާންމުކޮށް ދޮންނަން ހޭދަވާ ވަގުތުގެ %40 އަވަހަށް ދޮވެވޭއިރު "ސްޕީޑް ޕާފެކްޓް" އިން ކަރަންޓުގެ ހަރަދު %10 ކުޑަކޮށްދެ އެވެ." ލެކިއުޓުން ބުނެ އެވެ.

މި މެޝިނުގެ އިތުރު ފީޗާސްތަކުގެ ތެރޭގައި ދޮންނަން ބޭނުންވާ ސީދާ މިންވަރަށް ފެން ބޭނުންކުރުމަށް އެކުލެވިފައިވާ "އެކްޓިވް ވޯޓާ" ސެންސާ އަދި ސެންސިޓިވް ހަމަށް ހާއްސަކޮށް އެކުލެވިފައިވާ "އެލާޖީ ޕްލަސް" ފީޗާ ހިމެނެ އެވެ. "އެލާޖީ ޕްލަސް" ފީޗާގެ ސަބަބުން ދޮންނަ އެއްޗެހިން އެލާޖަންސްގެ އަސަރު ކަނޑުވާލުމަށްޓަކައި ދޮންނަ ޓެމްޕަރޭޗާ އެންމެ ހޫނު މިނުގައި އެއްވަރެއްގައި ހިފަހައްޓާ ދިނުމާއި އިތުރު ރިންސް (ފެންލުން) ސައިކަލެއް ދޮވުމުގައި ބޭނުން ކުރެ އެވެ.

"ބޮޝްގެ މި ދޮންނަ މެޝިނަކީ ހުރިހާ ގޮތަކަށް ބަލާއިރު ވެސް އެއްވަނައިގެ މެޝިނެއް، މާކެޓްގައި މި ވަގުތު ހުރި އެހެން ހުރިހާ ދޮންނަ މެޝިނާ އަޅާބަލާއިރު އެންމެ އަވަހަށް ދޮވެދޭ ޕްރޮގްރާމް ހިމެނޭ ދޮންނަ މެޝިނެއް، ކަސްޓަމަރުންގެ ހުރިހާ ބޭނުންތައް ފުއްދޭ ގޮތަށް ކޮންމެ ގެއަކަށް ވެސް އެންމެ އެކަށީގެންވާ މެޝިނެއް،" ބަޔާނުގައިވެ އެވެ.

ބޯޝްގެ މި ދޮންނަ މެޝިން ލެކިއުޓް އޮންލައިން އަދި ލެކިއުޓް ލައިފްސްޓައިލް އިލެކްޓްރޯނިކްސް އިން ގަންނަ ލިބޭނެއިރު، ލެކިއުޓް އޮންލައިން އިން މެޝިން ގަތުމުން މާލޭގެ ކޮންމެ ގެއަކަށް ވެސް ހިލޭ ގެންގޮސްދޭނެ ކަމަށް ލެކިއުޓުން ބުނެ އެވެ.