ކުޅުދުއްފުށި

ކުޅުދުއްފުށީގައި މީހެއްގެ ލޯމަތި ފަޅާލި މީހަކު ޖަލަށްލާން ހުކުމްކޮށްފި

ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
0%
0%
0%

ހދ. ކުޅުދުއްފުށީގައި ހިންގި މާރާމާރީއެއްގައި، މީހެއްގެ ލޯމަތި ފަޅާލި މީހަކު ޖަލަށްލާން ހުކުމްކޮށްފި އެވެ.

މިއީ މި އަހަރުގެ ފެބްރުއަރީ މަހު، ކުޅުދުއްފުށީ ކަނބޯރަނި ހިޔާ ފްލެޓް ކައިރީގައި ހިނގި މާރާމާރީއެއްގެ މައްސަލައެކެވެ.

މި މައްސަލައިގައި ދައުލަތުން ދެ މީހެއްގެ މައްޗަށް ދެ ދައުވާއެއް އުފުލިއިރު މީގެތެރެއިން އެއް ދައުވާ ސާބިތުވެ އެކަކު ޖަލަށްލާން ހުކުމް ކުރިއިރު އަނެއް ދައުވާ ސާބިތެއް ނުވި އެވެ.

މި މައްސަލައިގައި ދައުލަތުން އެކެއްގެ މައްޗަށް އުފުލާފައިވަނީ އަނިޔާއެއް ދިނުމުގެ ދައުވާ އެވެ. މި ދައުވާ ސާބިތުވި އެވެ. ސާބިތު ނުވަނީ އަނިޔާއެއް ދިނުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

ދެ މައްސަލަވެސް ކޯޓަށް ހުށަހަޅާފައިވަނީ އެކުއެކީގައެވެ. ދެ މައްސަލައިގައިވެސް ދައުވާ ލިބުނީ ކުޅުދުއްފުށީ ދެ މީހުންނަށެވެ.

އަނިޔާއެއް ދިނުމުގެ މައްސަލަ ސާބިތުވެ، އެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލި މީހާ ދެ މަހާއި 15 ދުވަހަށް ޖަލަށް ލުމަށް ހުކުމްގައިވެ އެވެ. ދެ މައްސަލައިގައިވެސް ޝަރީއަތުގައި ދައުވާ ލިބުނު މީހުން ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. ދައުވާ ލިބުނު ދެވަނަ މީހާގެ މައްޗަށް ކުށް ސާބިތު ނުވާތީ އޭނާ ވަނީ ސަލާމަތްވެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345