ޕީސީބީ

ފައިނޭންސް ދާއިރާގެ ޑައިރެކްޓަރުންގެ ޕޫލް ޕީސީބީ އިން އާންމުކޮށްފި

ޕީސީބީ ހިންގާ އިމާރާތް -- ފޮޓޯ: އަވަސް
0%
0%
0%

ސަރުކާރު ހިއްސާވާ ކުންފުނިތައް -- އެސްއޯއީތަކުގެ ޑިރެކްޓަރުންގެ ބޯޑަށް ބޭނުންވާ އެކައުންޓިން އެންޑް ފައިނޭންސް ދާއިރާގެ މެންބަރުން އައްޔަންކުރުމަށް އެކުލަވާލެވުނު ޑިރެކްޓަރުންގެ ޕޫލް އާންމުކޮށްފި އެވެ.

މި ޑިރެކްޓަރުންގެ ޕޫލް އާންމުކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިންނެވެ.

ޕީސީބީގެ މަސައްކަތްތަކުގެ ތެރޭގައި ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމުގެ ކަންކަން ރާވައި ހިންގައި ބެލެހެއްޓުން ހިމެނެ އެވެ.

ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރުން އައްޔަންކުރުމުގައި އަމަލުކުރާ އުސޫލާއި ކޯޕަރޭޓް ގަވަނަންސް ކޯޑް ފޮ ސްޓޭޓް އޯންޑް އެންޓަޕްރައިސަސްގައި ބަޔާންކުރާ މިންގަނޑުތަކުގެ ތެރެއިން ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރަންޖެހޭ އެކައުންޓިން އެންޑް ފައިނޭންސް ދާއިރާގެ ޑިރެކްޓަރުން އައްޔަންކުރުމަށް އެކުލަވާލެވުނު ޑިރެކްޓަރުންގެ ޕޫލްގައި 48 ބޭފުޅުން ހިމެނެ އެވެ.

މި ޑިރެކްޓަރުންގެ ޕޫލް ވަނީ ޕީސީބީގެ ވެބްސައިޓްގައި އާންމުކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910