ޓޫރިޒަމް

ގަދަ 10 ގައުމުން 938،000 ފަތުރުވެރިން

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ގަދަ 10ގައި ހިމެނޭ ގައުމުތަކުން މިއަހަރުގެ މިހާތަނަށް 938،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ޖުމްލަ 1.4 މިލިއަން ފަތުރުވެރިންގެ ތެރެއިން 64.8 މިލިއަން ފަތުރުވެރިންނަކީ މާކެޓްގެ ގަދަ 10 ގައުމުން ޒިޔާރަތްކުރި ފަތުރުވެރިންނެވެ.

މީގެ އިތުރުން ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު ދަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 10 ޕަސެންޓް އިތުރުވެފަ އެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ޗައިނާ - 211،900 ފަތުރުވެރިން
  • ރަޝިއާ - 157،600 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 123،600 ފަތުރުވެރިން
  • އިޓަލީ - 105،000 ފަތުރުވެރިން
  • ޖަރުމަނު - 102،500 ފަތުރުވެރިން
  • އިންޑިއާ - 87،700 ފަތުރުވެރިން
  • އެމެރިކާ - 49،100 ފަތުރުވެރިން
  • ފްރާންސް - 40،500 ފަތުރުވެރިން
  • ސްޕެއިން - 32،800 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް - 26،800 ފަތުރުވެރިން

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް އެވަރެޖްކޮށް ދުވާލަކު 5،471 ފަތުރުވެރިން ޒިޔާރަތްކުރެ އެވެ.

ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 1،227 ފެސިލިޓީއެއް ހިންގަމުންދާއިރު އޭގެ ތެރޭގައި 174 ރިސޯޓާއި 887 ގެސްޓްހައުސްގެ އިތުރުން 152 ސަފާރީ އަދި 14 ހޮޓާ ހިމެނެ އެވެ.