މޯލްޑިވްސް ޕޮލިސް ސާވިސް

ޓެކްސީއެއްގައި ދަތުރުކުރި ބިދޭސީއަކު ބަނގުރަލާ އެކު ހައްޔަރުކޮށްފި

ޓެކްސީއެއްގައި ދަތުރުކުރި ބިދޭސީއަކު ގިނަ އަދަދެއްގެ ބަނގުރަލާ އެކު ހައްޔަރުކޮށްފި އެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ، ރަސުލް އުފާ ރިދޯއީ (30 އ) އެވެ.

ފުލުހުން އޭނާގެ މައްޗަށް ކުރަނީ ގަވާއިދާ ހިލާފަށް ބަގުރާ ގެންގުޅެ ވިޔަފާރި ކުރުމުގެ ތުހުމަތެވެ.

ރަސުލްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ދީފަ އެވެ.

ފުލުހުން މި މީހާ ހައްޔަރުކުރީ ޓެކްސީއެއްގައި ދަތުރުކުރަމުން ގޮސް، އޭނާ ދާން ބޭނުންވާ ތަނަށް ގޮސް ޓެކްސީ މަޑުކުރުމާ އެކު އެ ތަނުން ބަނގުރަލާ އެކު އެވެ.

ކޯޓު އަމުރުގައިވާ ގޮތުން ޓެކްސީގައި ހުރި ބަނގުރަލާ ހަވާލުވުމަށް ރަސުލް ވަނީ ދެކޮޅު ހަދާފަ އެވެ.

ރާއްޖޭގައި ބަނގުރާ ވިޔަފާރިކުރުމުގައި ގިނަ އަދަދެއްގެ ބިދޭސީން ބައިވެރިވާކަން ފުލުހުންގެ ތަފާސްހިސާބުން ހާމަވެ އެވެ.