ފިނޭންސް މިނިސްޓްރީ

މި އަހަރުގެ މިހާތަނަށް 200 މިލިއަން ޑޮލަރުގެ ލޯނު ނަގައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް. ވީއައިއޭ ތަރައްގީކުރުމުގެ މަޝްރޫއަށް ވަނީ ސައުދީ ފަންޑުން ލޯނެއް ނަގާފަ -- ފޮޓޯ: އަވަސް
0%
0%
0%

ސަރުކާރުން މި އަހަރުގެ މިހާތަނަށް ބޭރުގެ ފަރާތްތަކުން -- އެކްސްޓާނަލް ލޯނުގެ ގޮތުގައި 200 މިލިއަން ޑޮލަރުގެ ލޯނު ނަގައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ސަރުކާރުން ވަނީ ސައުދީ ޑިވެލޮޕްމަންޓް ފަންޑުން ދެ ލޯނު، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) އިން ދެ ލޯނު އަދި ކުވައިތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ލޯނެއް ނަގާފަ އެވެ.

ސައުދީ ޑިވެލޮޕްމަންޓް ފަންޑުން ނެގި ދެ ލޯނުގެ ތެރޭގައި ހިމެނެނީ ސިއްހީ ދާއިރާގެ މަޝްރޫއަކަށް ނެގި 187.5 މިލިއަން ސައުދީ ރިޔާލް -- 49.99 މިލިއަން ޑޮލަރުގެ ލޯނަކާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމަށް އިތުރަށް ނެގި 375 މިލިއަން ސައުދީ ރިޔާލް -- 99.94 މިލިއަން ޑޮލަރުގެ ލޯނެކެވެ.

އައިޑީބީ އިން ނަގާފައިވާ ދެ ލޯނަކީވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރާ އަސަރުތައް ކުޑަކުރުމަށް ގާއިމުކުރާ ފަންޑު އުފެއްދުމަށް ނަގާފައިވާ ލޯނުތަކެކެވެ. މީގެ ތެރޭގައި ހިމެނެނީ 10.24 މިލިއަން ޑޮލަރުގެ ލޯނަކާއި 30 މިލިއަން ޑޮލަރުގެ ލޯނެކެވެ.

ކުވައިތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ނަގާފައިވާ 9.8 މިލިއަން ޑޮލަރުގެ ލޯނަކީ ކުދި ރަށްތަކުގައި ހޮސްޕިޓަލްތައް ގާއިމުކުރުމަށް ނަގާފައިވާ ލޯނެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910