މޯލްޑިވްސް ޕޮލިސް ސާވިސް

ޓީޗަރަކު ދަރިވަރުންތަކަކަށް ޖިންސީގޯނާކުރި މައްސަލައެއް ތަހުގީގުކުރަނީ

ސްކޫލެއްގެ ޓީޗަރަކު ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ ސައުތް ސެންޓްރަލް ޕޮލިސް (މ. ފ. ދ. ތ. ލ) އަތޮޅު ހިމެނޭ ރަށެއްގެ ސްކޫލެއްގައި ވަޒީފާ އަދާކުރާ ފިރިހެން ޓީޗަރެއް ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަ ދައްކއި، ގްރޫމް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އިތުރު ތަފްސީލާކާ ނުލައި ފުލުހުން ބުނީ އެ މައްސަލަ ރިޕޯޓުކޮށްފައިވަނީ މިމަހުގެ 17 ވަނަ ދުވަހު ކަމަށާއި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައަކީ ކުޑަކުދިންނާއި ގުޅޭ ސީރިއަސް މައްސަލައަކަށްވާތީ ދަރިވަރުންގެ ވަނަވަރު ރައްކާތެރިކުރުމުގެ ގޮތުން އެ ކުދިންގެ އަތޮޅާއި ރަށް ހާމަނުކުރާ ކަމަށެވެ.