ވިޔަފާރި

ޕިއްޒާ ބޯނާގެ ރެސްޓޯރަންޓް: މިހާރު ތާޒާކޮށް ކާލެވޭނެ!

މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ތައާރަފްވެގެން ދިޔަ "ޕިއްޒާ ބޯނާ" އަކީ ދިވެހިންގެ މެދުގައި މަގުބޫލު ނަމެކެވެ. އެ ޒާތުގެ ޕިއްޒާ ފަތުއަޑު ކިޔާފައި ދިވެހިންގެ ތެރޭގައި ހިނގާ އިރު މިއީ ދިވެހިންގެ އެންމެ މަގުބޫލު އެއް ޕިއްޒާ ބްރޭންޑެވެ. މިހެން ވާން ޖެހޭ ސަބަބުތައް ކިތަންމެހާ ވެސް ގިނަ އެވެ. މައިގަނޑު ސަބަބަކީ ޕިއްޒާގެ ކޮލިޓީއެވެ. އަގެވެ. ޖެހުނުހާ އެއްޗެއް އަޅައިގެން ޕިއްޒާ ބޯނާގައި ޕިއްޒާއެއް ނުހަދަ އެވެ.

ޕިއްޒާ ބޯނާގެ ކޮލިޓީ ހިފެހެއްޓުމަކީ އެންމެ އިސްކަންދޭ ކަމެއްގެ ގޮތުގައި އެ މީހުން ވަނީ ހަދައިފަ އެވެ. ހަތަރު އަހަރު ވެގެން ދިޔައިރުވެސް ރަހައަކަށް މަގުބޫލު ކަމަކަށް ބަދަލެއް ނައިސް އޮތް ސަބަބަކީ މިއީ ކަމަށް ވެދާނެ އެވެ.

"އެހެން ތަންތަނުގެ ޕިއްޒާއާ މިތަނުގެ ޕިއްޒާއާ ވަރަށް ތަފާތުވާނެ، މި ކޮޅުގައި ބަލަނީ ކޮލިޓީ މެއިންޓެއިން ކުރެވޭތޯ، އެންމެ އަގު ހެޔޮ އެއްޗެއްސެއް ނޫން މި ބޭނުންކުރަނީ، ވަކި ތަންތަނުން ސެލެކްޓިވް ޕްރޮޑްކްސްތަކެއް ޕިއްޒާގައި މި ބޭނުންކުރަނީ، ވަރަށް ބޮޑަށް ބަލާ އެއްޗެއް އެއީ ކޮލިޓީ ހިފެހެއްޓުމަކީ،" ޕިއްޒާ ބޯނާގެ ޑިރެކްޓަރު ކަމަށްވާ އަލީ ރަޝީދު އަވަސްއަށް މައުލޫމާތު ދެމުން ވިދާޅުވި އެވެ.

ޕިއްޒާ ބޯނާއަށް ލިބިފައިވާ މަގުބޫލުކަމުގެ ސަބަބުން ވިޔަފާރި މިވަނީ އިތުރަށް ފުޅާކޮށްފަ އެވެ. ކުރިން ޕިއްޒާ ބޯނާ ޕިއްޒާތައް ލިބެނީ އޯޑަރު ކޮށްގެން އެކަންޏެވެ. ޕިއްޒާ ބޯނާގެ ޕިއްޒާއެއް ކާލާހިތުން ކުޅު ދިޔާވެފައި އިންނަތާ އެތައް އިރެއް ފަހުން ނޫނީ ޕިއްޒާއެއް ލިބޭ ވަރެއް ނުވެ އެވެ. ނަމަވެސް މިހާރު އޯޑަރުދީގެން މަޑުކުރާކަށް ނުޖެހެ އެވެ. އެކަމަށް ހައްލެއް ޕިއްޒާ ބޯނާއިން މިވަނީ ހޯދައިދީފަ އެވެ. ޕިއްޒާ ކާލަން ތިބޭނެ ރެސްޓޯރެންޓެއް "ޕިއްޒާ ބޯނާ" އިން މިވަނީ ހުޅުވާފަ އެވެ. މަޖީދީ މަގާ ސޯސަން މަގާ ގުޅޭ ލައިޓް ކައިރީ މަޖީދީ މަގަށްވާގޮތަށް އެ ހުރީ އެ ރެސްޓޯރަންޓެވެ.

"ވަރަށް ޗިލް ސަރަހައްދެއްގައި މިތަން މި ހުރީ، މިއީ ޕިއްޒާ ބޯނާ ހުޅުވަން ހަމަ އެންމެ ރަނގަޅު ތަން، ވަރަށް ގިނަ މީހުން ޖަމާވާ ސަރަހައްދެއް މިއީ،" ޕިއްޒާ ބޯނާގެ އުފާ ލިބިގަތް ޒުވާނަކު ބުންޏެވެ.

"ފެށުނީސުރެ ވަރަށް ގިނަ މީހުން ރިކުއެސްޓްކުރޭ ޑައިނިން ތަނެއް ހުޅުވަން، އެހެންވީމާ އެގޮތުގެ މަތިން އަސްލު، ރަހަ ވެސް އަސްލު ވަރަށް ތަފާތުވާނެ މިގޮތަށް ކާލަން ލިބުނީމަ، އެއީ ޕިއްޒާ ވަގުތުން ފިހެލާފައި އެ ވަގުތު ކާލީމަ، އެ ހުރިހާ ގޮތަކަށް ވިސްނާފައި، ޕިއްޒާ ބޯނާގެ ރަހަ ބަލާލުމުގެ ފުރުސަތު ގިނަ މީހުންނަށް ދިނުމުގެ ގޮތުން މިތަން މި ހުޅުވީ،" އަލީ ވިދާޅުވި އެވެ.

ޕިއްޒާ ބޯނާ ހުޅުވިތާ އަދި މިވީ ދެ ދުވަހެވެ. ނަމަވެސް އެތަނުން މީހުން ހުސްވާ ތަނެއް ނުފެނެ އެވެ. ޕިއްޒާ ޕާޓީތަކަށް އެ ތަން މިހާރު ވަނީ ބުކް ކުރަން ވެސް ފަށާފަ އެވެ. ތަރުހީބު ވަރަށް ރަނގަޅެވެ. ޕިއްޒާ ޕާޓީއެއް ބާއްވަން ބޭނުން ނަމަވެސް ޕިއްޒާ ބޯނާ ވަރު ތަނެއް މިހާރު ނެތެވެ. ޕާޓީތަކަށް ހާއްސަ އެތަނުން ޕިއްޒާ ދޫކުރުމަށް ވެސް ވަނީ ނިންމާފަ އެވެ. އެކަން އެތަނަށް ގުޅައިގެން ހަމަޖެއްސޭނެ އެވެ.

"ވަރަށް ފުލްކޮށް މިދަނީ ފެށުނީސުރެ ފަށައިގެން، މިރޭ ވެސް އެބަ އޮތް މުޅިތަން ޕާޓީއަކަށް ބުކް ކޮށްފައި،" އަލީ ވިދާޅުވި އެވެ.

ޕިއްޒާ ބޯނާގެ ފުރަތަމަ ރެސްޓޯރެންޓް ހުޅުވާފައިވާއިރު އެއީ ޑިމާންޑަށް އެކަށީގެންވާ ތަނަކަށް ހަމަ ގައިމު ވެސް ނުވާނެ އެވެ. މިކަމަށް ވެސް ވަރަށް އަވަހަށް ހައްލެއް ހޯދައިދޭނެ އެވެ. ޕިއްޒާ ބޯނާގެ އިތުރު ތަންތަން މާލޭގެ އެކި ހިސާބުތަކުގައި ހުޅުވަން ވަނީ ނިންމާފަ އެވެ.

"އަދިވެސް ކޭޓާއެއް ނުކުރެވޭ އެވަރަށް ޑިމާންޑް އޮތީމަ، ކައިރި މުސްތަގުބަލެއްގައި އެހެން ސަރަހައްދެއްގައި ވެސް ތަނެއް ހުޅުވުމަށް މި މަސައްކަތް ކުރަނީ، ރާއްޖޭގެ އާބާދީ ބޮޑެތި ރަށްރަށަށް ފުޅާކުރުމުގެ ވިސްނުން ވެސް އެބަ ހުރި، މިހާރު ހުޅުމާލެ ފެރީއާ ހަމައަށް ޑެލިވަރީކޮށްދޭއިރު ހުޅުމާލޭގައި ވެސް ތަނެއް ހުޅުވުމުގެ ވިސްނުން އެބަހުރި،" އަލީ ވިދާޅުވި އެވެ.

"ކުރިއަށް އޮތްތާ ޑްރިކްސް ރެސިޕީއެއް ވެސް އަންނާނެ، އައިސްކްރީމް ވެސް ލިބޭނެ ކުރިއަށް އޮތްތަނުގައި މިތަނުން، މިހާރު މިލްކް ޝޭކް ލިބޭނެ،"