ކްރިމިނަލް ކޯޓް

ފުލުހެއްގެ ގައިގައި ދަތް އެޅި އަންހެނަކު ހައްޔަރުކޮށްފި

ފުލުހެއްގެ ގައިގައި ދަތް އެޅި ކަމަށް ތުހުމަތުކޮށް އަންހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހެއްގެ ގައިގައި ދަތް އެޅި ކަމަށް ތުހުމަތު ކުރެވެނީ މެދު އުމުރެއްގެ އަންހެނެކެވެ.

އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން އަމުރު ކުރި އެވެ.

މި އަންހެން މީހާގެ ބަންދު އަމުރުގައި ބުނެފައިވާ ގޮތުން އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމާއި މާރާމާރީއާއި އާއްމު އުނދަގޫ ކުރުމެވެ.

ބަންދު މަޖިލީހުގައި އަންހެން މީހާ ވަނީ އޭނާއަށް ފުލުހެއްގެ ގައިގައި ދަތް އެޅުނުކަން ނޭނގޭ ކަމަށް ބުނެފަ އެވެ. އަދި އޭނާއަކީ ބޯ ހަމަނުޖެހޭ މީހެއް ކަމަށްވެސް ބުނި ކަމަށްވެ އެވެ.

ބަންދު އަމުރުގައިވާ ގޮތުން މި މީހާއަކީ އާއްމު ގޮތެއްގައި މަސްމާރުކޭޓް ހޮޓަލަށް ވަދެ މީހުންނަށް އުދަނގޫކޮށް އަޑުގަދަ ކުރާ މީހެކެވެ.