ސުޒުކީ އައުޓްބޯޑު އިންޖީނު މަރާމާތުކޮށް ބަލަހައްޓާނެ ގޮތުގެ މައުލޫމާތު ފޯރުކޮށްދޭ ތަމްރީނު ޕްރޮގުރާމެއް ފަށައިފި އެވެ. ޕްރޮގްރާމް ފެށީ މިއަދު ހެނދުނު 9:00ގަ އެވެ.
އެމްޓީސީސީން ބުނީ އައުޓް ބޯޑާއި ބެހޭ މައުލޫމާތު އާންމުންނަށް ދިނުމަށް ސިލްސިލާކޮށް ކުރިއަށްގެންދާ އެ ޕްރޮގްރާމުގައި ސުޒުކީ އައުޓްބޯޑު އިންޖީނު ގެންގުޅޭ ފަރާތްތަކުން، އިންޖީނު މަރާމާތުކޮށް ބެލެހެއްޓުމުގައި ސަމާލުކަން ދޭންވީ ކަންތައްތައް އަމިއްލަ އަށް ދެނެގަންނާނެ ގޮތްތައް ކިޔައިދޭނެ ކަމަށެވެ.
އެ ޕްރޮގުރާމްގައި އެ އަތޮޅުގެ ހަތް ރަށަކުން 45 ފަރާތެއް ބައިވެރިވެ އެވެ.
އެމްޓީސީސީން ބުނީ އަތޮޅުތެރޭގެ ރަށްރަށަށް އަމާޒުކޮށްގެން ފަށާފައިވާ އެޕްރޮގްރާމް އެހެން ރަށްރަށުގައި ވެސް ކުރިއަށްގެންދާނެ ކަމަށެވެ. އެ ކުންފުނިން ވަނީ ވަރަށް ފަހުން މާލޭގައިވެސް އައުޓްބޯޑް އިންޖީނަށް މީހުން އަހުލުވެރިކުރުމަށް ޕްރޮގްރާމެއް ހިންގާފަ އެވެ.
އެމްޓީސީސީ އަކީ ޔަންމާ އިންޖީނާއި ސުޒުކީ އައުޓްބޯޑު އިންޖީނު އަދި ކާސްޓްރޯލް އަޑީ ތެލާއި ސިގްމާ އެންޓިފައުލިން ސިސްޓަމްގެ އިތުރުން ސްކޮޓު ބާޑާ ބޯޓު ބިލްޑިން ކޮންޕޮސިޓުގެ ރާއްޖޭގެ އެޖެންޓެވެ.