ކޮފީ އާއި އެނާޖީ ޑުރިންކްސް ތަކަކީ އޭގައި ވަރަށް ގިނައިން ކެފެއިން އެކުލެވޭ ބާވަތްތަކެވެ. ނަމަވެސް މި ދެ ބުއިމަކީ ވެސް ތަފާތު އެއްޗެހި އެކި މިންވަރަށް އެކުލެވޭ ދެ ބުއިމެވެ. އެގޮތުން ކޮފީ ޖޯޑެއްގައި ހިމެނޭ ކެފެއިން އެނާޖީ ޑްރިންކަކަށް ވުރެ އިތުރެވެ. އެހެން ނަމަވެސް އެނާޖީ ޑުރިންކެއްގެ ބަދަލުގައި ކޮފީ އިހްތިޔާރު ކުރެވިދާނެ ސަބަބުތައް ވެސް އެބަހުއްޓެވެ. ކޮފީ ބޯއިރު މަދު އެތިކޮޅުކޮޅުން ލަސްލަހުން ބުއިމަށް ހަނދާނުގައި ބަހައްޓާށެވެ. ކެފެއިން އަކީ ހަށިގަނޑުގެ ތެރެއަށް ވާސިލް ވުމުގައި ގިނަ ވަގުތު ބޭނުންވާ މާއްދާ އަކަށްވުމެވެ.
އެނާޖީ ޑުރިންކު ބަންދުކުރެވިފައި ވަނީ ދަޅު ދަޅުގައާއި ފުޅީގަ އެވެ. އެހެންކަމުން ގިނަ ފަހަރު އެ ބޭނުންކުރެވެނީ ފިނި ކޮށްގެންނެވެ. އެހެންކަމުން އެނާޖީ ޑުރިންކްސަ އަވަހަށް ބޯލެވެއެވެ. އެހެންކަމުން ހަށިގަނޑަށް ކެފެއިން ހަލުއި ކަމާއެކު ވާސިލްވެ އެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ.
އެހާހަލުވި މިނެއްގައި ކެފެއިން އެތެރެވުމުގެ ސަބަބުން ހަށިގަނޑަށް ޝޮކް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މިކަމުން ވެސް ދޭހަކޮށްދެނީ ކޮފީ އަކަށްވުރެ އެނާޖީ ޑުރިންކުގެ ނުރައްކާތެރި ކަމެވެ.
އާޓިފިޝަލް އެނާޖީ އަދި ނެޗްރަލް އެނާޖީ
ކޮފީގައި ގުދުރަތީ މައްދާތައް އެކުލެވޭއިރު އެނާޖީ ޑުރިންކްސްގައި މުޅިންވެސް ހިމެނެނީ އިންސާނުން އަމިއްލައަށް އުފައްދާ މާއްދާ ތަކެވެ. އެނާޖީ ޑުރިންކަކާއި ސޮޑާ އަކާއި އެއްވެސް ތަފާތެއް ނެތެވެ. މީގެ އިތުރުން އެނާޖީ ޑުރިންކްސް ތަކުގައި ހަކުރު ވަރަށް މަތީ އަދަދަކަށް ހިމެއެވެ. އެގޮތުން 54 ގުރާމްގެ ހަކުރު ދަޅެއްގައި ހިމެނެ އެވެ. އެހެންކަމުން މީގައި އެކުލެވޭ ހަކުރުގެ ސަބަބުން ވެސް މިއީ ސިއްހަތަށް ފައިދާ ހުރި އެއްޗެއްނޫންކަން އެނގެ އެވެ.
އެނާޖީ ޑްރިންކުގެ ސަބަބުން މިހާތަނަށް ގިނަ އަދަދަކަށް ސިއްހީ މައްސަލަތަށް ވަނީ ރިޕޯޓް ކޮށްފަ އެވެ. އަދި މިއީ ކޮފީ ބޯ މީހުންގެ ފަރާތުން ފެނިފައިނުވާ މައްސަލަތަކެކެވެ. ރީތި އިސްތިހާރު ތަކުގެ އަވާގައި ޖެހި "ކޫލް" ވުމުގެ ގޮތުން ކުޑަކުދިންނާއި ފުރާވަރު ކުދިންވެސް ދަނީ މިފަދަ ބުއިންތައް ބޭނުންކުރަމުންނެވެ. އެނާޖީ ޑުރިންކު އުފައްދާ ކުންފުނި ތަކުންވެސް ކުޑަކުދިންނާއި، ފުރާވަރު ކުދިންނާއި، ޒުވާނުންނަށް އަމާޒު ކޮށްގެން އިސްތިހާރުތައް ހެދުމުގެ ނަތީޖާ އަކަށް ވެގެން ދަނީ، ތަފާތު އެކިއެކި ބަލިތަކުން ފުރިފައިވާ ޖީލެއް ބިނާވުމެވެ.
ކުޑަކުދިންނާއި އެނާޖީ ޑުރިންކްސް
ކުޑަކުދިންނަށް އެނާޖީ ޑްރިންކް އެކަށިގެން ނުވަނީ އޭގައި ގިނަ އަދަދެއްގެ ހަކުރު އެކުލެވުމުގެ އިތުރުން އޭގައި ގިނަ އަދަދެއްގެ ކެފެއިންވެސް އެކުލެވޭތީ އެވެ. ކެފެއިންނަކީ ކުދިންގެ ހަށިގަނޑަށް ވަރަށް ނުރައްކާ އެއްޗެކެވެ. ކުޑަކުދިންނަށް އެނާޖީ ޑުރިންކުވެފައިވަނީ މީރު ޖޫހެއް ނުވަތަ ސޮޑާ އަކަށެވެ. އެހެންކަމުން ކޮފީއަކަށް ވުރެ އެފަދަ ބުއިމެއް އެކުދިންނަށަ މާ ކަމުދެއެވެ. އެހެންނަމަވެސް އޭގެ ސަބަބުން ހިތުގެ މައްސަލަތައް ދިމާވެ، ބުލަޑް ޕުރެޝާ މައްޗައް ދެއެވެ. ހެދިބޮޑުވަމުން އަންނަ ކުދިންނަށް މިއީ އެހާ ރައްކާތެރިކަމެއް ނޫނެވެ.
ކެފެއިން ހުންނަ އެއްޗެއް ބޯން ބޭނުންއެއްޖެނަމަ ކޮފީ އިހްތިޔާރު ކުރާށެވެ. އޭގައި ކެމިކަލް އެއް ނުހުނާނެވެ. މީގެއިތުރުން ކޮފީގައި ހަކުރު ނެތުމުގެ އިތުރުން އެއީ ގުދުރަތީ އެއްޗަކަށް ވުމުން އެއިން ކުރާ ފައިދާ ބޮޑު ވާނެވެ. ކޮފީއިން ހަށިގަނޑަށް ބޭނުނަވާ މިންވަރަށް ކެފެއިން ލިއްބައިދެއެވެ.
ކޮންމެ އެއްޗެވެސް ބުއިމުގެ ކުރިން އެއިގެ ލެބަލް ރަނގަޅަށް ކިޔާލާށެވެ. ހަކަތަ ހޯދުމުގެ ގޮތުން ހަކުރު ގިނަ ބުއިންތައް ބޭނުންކުރުމަކީ ހަށިގަނޑަށް ވަރަށް ގެއްލުންހުރި ކަމެކެވެ.