ގދ. ތިނަދޫގައި އާ އިންޖީނުގެ އެއް އަޅައިދޭނެ ފަރާތެއް ހޯދަން ފެނަކަ ކޯޕަރޭޝަނުން މިއަދު އިއުލާނުކޮށްފި އެވެ.
ތިނަދޫގައި އާ އިންޖީނުގެއެއް އަޅަން ނިންމީ މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އެރަށު އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އިންޖީނުގޭގެ އިމާރާތް އެތެރޭގައި ހުރި ސާމާނާއި އެކު އަނދާ ހުލިވެފައިވާތީ އެވެ.
ފެނަކައިން ބުނީ، ރާޢްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 30 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށާއި ކޮންޓްރެކްޓާ ހޮވުމުގައި ތަޖުރިބާއާއި ކޮށްފައިވާ މަސައްކަތްތަކަށް ބަލާނެ ކަމަށެވެ.
ތިނަދޫ އިންޖީނުގެ އަނދައި ހުލިވުމުން އެރަށަށް ކަރަންޓުދޭ ޖަނަރޭޓަރުތައް މިހާރު ބަހައްޓާފައި ހުރީ ކޮންޓެއިނާ ޕަވަހައުސްތަކެއްގަ އެވެ. އެ ރަށުގައި މިހާރު އޮތީ ވަގުތީ ކަރަންޓެވެ.