ފިނޭންސް މިނިސްޓްރީ

މިދިޔަ އަހަރުގެ ހަރަދު 52 ބިލިއަނަށް

0%
0%
0%

ލޯނު ދެއްކުމަށް ކުރި ހޭދައާއެކު މިދިޔަ އަހަރު ދައުލަތުގެ ބަޖެޓުން 52 ބިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ވަނީ މިދިޔަ އަހަރުގެ ނިޔަލަށް ދައުލަތުގެ ހަރަދުތަކާއި އާމްދަނީގެ ތަފާސްހިސާބުތައް ހިމެނޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓް އާންމުކޮށްފަ އެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ލޯނުތައް ދެއްކުމަށް 2.3 ބިލިއަން ރުފިޔާ ހަރަދުކުރި އެވެ.

ލޯނަށް ކުރި ހޭދަ ނުހިމަނައި ދައުލަތުގެ ހަރަދު ހުރީ 52.6 ބިލިއަން ރުފިޔާގަ އެވެ.

މީގެ ތެރެއިން 34.7 ބިލިއަން ރުފިޔާއަކީ ރިކަރަންޓް ހަރަދެވެ.

އެ ގޮތުން މުވައްޒަފުންގެ މުސާރަ އާއި އިނާޔަތް އަދި ޕެންޝަނަށް 13.6 ބިލިއަން ރުފިޔާ ހަރަދުކުރިއިރު އިދާރީ އަދި ހިނގުމުގެ ހަރަދަށް 21 ބިލިއަން ރުފިޔާ ހޭދަކުރި އެވެ.

ތަރައްގީގެ މަޝްރޫއުތައް -- ޕީއެސްއައިޕީއަށް މިދިޔަ އަހަރު 11.4 ބިލިއަން ރުފިޔާ ހޭދަކުރި ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ދައުލަތުގެ ބަޖެޓުގެ ގޮތުގައި މިދިޔަ އަހަރު ފާސްކުރީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ފާސްކުރި ސަޕްލިމެންޓްރީ ބަޖެޓާއެކު ބަޖެޓް ވަނީ 54.9 ބިލިއަނަށް އިތުރުވެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910