ފިނޭންސް މިނިސްޓްރީ

ލޯނަށް ކުރި ހޭދައާއެކު ހަރަދު 9 ބިލިއަނަށް

ތިލަމާލެ ބްރިޖުގެ މަސައްކަތުގެ ތެރެއިން -- ފޮޓޯ: އަވަސް
0%
0%
0%

ލޯނުތައް ދެއްކުމަށް ކުރި ހޭދައާއެކު ދައުލަތުގެ ބަޖެޓުން މި އަހަރު ނުވަ ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް ރިޕޯޓް ދައްކާ ގޮތުން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ލޯނުތައް ދެއްކުމަށް ކުރި ހޭދައާއެކު ދައުލަތުގެ ހަރަދު ހުރީ 9.4 ބިލިއަން ރުފިޔާގަ އެވެ. މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 9.1 ބިލިއަން ރުފިޔާގަ އެވެ.

ލޯނު ދެއްކުމަށް މި އަހަރު 2.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނު ދައްކަން ހޭދަކުރީ 833.3 މިލިއަން ރުފިޔާ އެވެ.

މުވައްޒަފުންގެ މުސާރަ އާއި އިނާޔަތް އަދި ޕެންޝަނަށް ކުރި ހޭދަ މި އަހަރު އިތުރުވި ނަމަވެސް ޖުމްލަ ރިކަރަންޓް ހަރަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މި އަހަރު ދަށްވެފަ އެވެ.

ރިކަރަންޓް ހަރަދަށް މިދިޔަ އަހަރުގެ މި މުއްދަތުގައި 6.2 ބިލިއަން ރުފިޔާ ހޭދަކުރި މި އަހަރު ހޭދަކޮށްފައިވަނީ 6.1 ބިލިއަން ރުފިޔާ އެވެ.

މުވައްޒަފުންގެ މުސާރަ އާއި އިނާޔަތް އަދި ޕެންޝަނަށް މި އަހަރު 2.4 ބިލިއަން ރުފިޔާ ހޭދަކުރިއިރު މިދިޔަ އަހަރު ހޭދަކުރީ 2.2 ބިލިއަން ރުފިޔާ އެވެ.

އިދާރީ އަދި ހިންގުމުގެ ހަރަދަށް މިދިޔަ އަހަރު 3.9 ބިލިއަން ރުފިޔާ ހޭދަކުރި ނަމަވެސް މި އަހަރު ހޭދަކޮށްފައިވަނީ 3.6 ބިލިއަން އެވެ.

ކެޕިޓަލް ހަރަދަށް މި އަހަރު ހޭދަކޮށްފައިވަނީ 428.8 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 1.6 ބިލިއަން ރުފިޔާ އެވެ.

ދައުލަތަށް މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބުނީ 7.8 ބިލިއަން ރުފިޔާގެ އެވެ. މީގެ ތެރޭގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 6.8 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު 1.5 މިލިއަން ރުފިޔާ ހިމެނެ އެވެ.

އާމްދަނީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 7.4 ބިލިއަން ރުފިޔާ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910