މަސްތުވާތަކެތި

ދިރުވާލައިގެން ޑްރަގު އެތެރެކުރި ދެ މީހުންނަށް ދައުވާކުރަނީ

މީގެ ކުރިން މައްސަލައެއްގައި އަތުލައިގަތް މަސްތުވާތަކެތި ނައްތާލުމުގެ ކުރިން ސާމްޕަލް ޓެސްޓްކުރަނީ -- ފޮޓޯ: އަވަސް
0%
0%
0%

ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެ ދިވެހިންނަށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމަށް ޕީޖީ އޮފީހަށް ހުށަހަޅައިފި އެވެ.

މިމައްސަލައިގައި ހިމެނޭ ދެ ދިވެހިންނަކީ، ނ. މަނަދޫ ޕީކޮކް، އިހްސާން އިސްހާގު އަދި މއ. ސޭބޫ، މުހައްމަދު ފާރިޝް އެވެ.

މި ދެ މީހުން ހައްޔަރުކޮށްފައި ތިބޭތާ ދުވަސްކޮޅެއް ވެފައިވާއިރު، އެންމެ ފަހުން ދެ މީހުންގެ ބަންދަށްވެސް ޖެހީ ނުވަ ދުވަހެވެ.

ދެ މީހުން ދިރުވާލައިގެން ރާއްޖެއަށް އެތެރެކުރި ތަކެތި ހޯދީ އެ ދެ މީހުން އެޑްމިޓްކޮށްފައި ބައިތިއްބައިގެން އެ މީހުން ބޮޑުކަމުދިޔުމުންނެވެ.

މި ދެ މީހުންގެ މައްޗަށް ދައުވާ ކުރުމާމެދު ގޮތެއް ނިންމުމަށް މިހާރު ވަނީ ޕީޖީ އޮފީހަށް ހުށަހަޅާފަ އެވެ.

މި ދެ މީހުންގެ ބޭންކް އެކައުންޓްގެ ޓްރާންސެކްޝަންތައްވެސް ފުލުހުން އަންނަނީ ދިރާސާ ކުރަމުން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

މި ދެ މީހުން ހައްޔަރުކުރުމުގެ ކުރިން ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ބްރެޒިލް މީހަކާ ދިވެއްސެއްވެސް ހައްޔަރުކޮށްފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345